"އޭލެވެލްގައި ވެސް ރައިޝަން ވިދާލައިފި" މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ޙިއްސާކުރައްވާ ރާއްޖޭގެ މަޝްޙޫރު ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވީ "ރައިޝަން އަކީ ރާއްޖޭގެ ސްޓީވެން ހޯކިން" ކަމަށެވެ.
މީގެ އިތުރުން އުގައިލް ބުނެފައިވަނީ ނުކުޅެދުންތެރިކަމަކީ ތަފާތަކަށް ވެދާނެކަމަށާއި ނަމަވެސް އެއީ ހުރަހެއް ނޫން ކަމަށެވެ.
ހިނގައިބިނގާވެ ނޫޅެވޭތީ، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް ވައިކަރަދޫއަށް ނިސްބަތްވާ މުހައްމަދު ރައިޝަން އަހުމަދު އޭނާގެ އުންމީދުތައް ހާސިލްކުރަން ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުން ނެވެ. ރައިޝަން ތައުލީމީ ހަޔާތުގެ ފުރަތަމަ 12 އަހަރު ނިންމާލީ ފޮނި ނަތީޖާއާ އެކުގަ އެވެ. އެހެން ކުދިންނަށް ހިތްވަރު ދެމުން، ނަމޫނާ ދައްކަމުންނެވެ.
ކަލާފާން ސްކޫލުން 2017 ވަނަ އަހަރު އޯ ލެވެލް ނިންމީ އޭ ސްޓާ އަކާއި ފަސް މާއްދާއިން އޭ ފާސް އަދި އެއް މާއްދާއިން ސީ އަދި ބީ އެއް ހޯދައި ގައުމީ ގަދަ 10ގެ 10 ވަނަ ހޯދައިގެންނެވެ. އެއަށްވުރެ އުނދަގޫ އޭލެވެލްގައި އިސްލާމާއި ދިވެހިން އޭ، ކެމިސްޓްރީ އާއި ބަޔޮލޮޖިން ބީ އަދި ސީޕީއީ އާއި ފިޒިކްސް އިން ސީ އެއް ލިބިފައިވެ އެވެ.
ސްޕައިނަލް މަސްކިއުލާ އެޓްރޮފީ ޓައިޕް ދޭއްގެ ސަބަބުން، ހިނގުމުން މަހުރޫމުވެފައިވާ ރައިޝަން އަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ރައިޝަން މިދިޔަ އަހަރުގެ އޭ ލެވެލްގައި ގައުމީ ގަދަ 10 ގައި 10 ވަނަ ހޯދައިފަ އެވެ.
ޑރ ޙަސަން ޢުގައިލް އަކީ ހިސާބު ޢިލްމުގެ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އުގައިލް އަކީ ހިސާބުން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ދިވެހި ބޭފުޅާ އެވެ.އަދި ފުރަތަމަ ދިވެހި ޕްރޮފެސަރު ވެސް މެއެވެ. އޭނާ އަކީ އިގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަސިޓީގެ ސްކޫލް އޮފް އިންފޯމެޓިކްސް ގައި މަސައްކަތްކުރައްވާ ހިސާބު ޢިލްމު ވެރިއެއްގެ އިތުރުން ކޮމްޕިއުޓަރ ސައިންޓިސްޓެކެވެ. 2010 ވަނަ އަހަރު ހަސަން އުގައިލް އަކީ އިގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަސިޓީގައި މަސައްކަތް ކުރެއްވި އެންމެ ހަނގު ޕްރޮފެސަރު އެވެ. (އުމުރުން 39 އަހަރުގައި)
ދުނިޔެ ދުށް އަގުހުރި ސައެންސްވެރިޔާ ސްޓެފަން ވިލިއަމް ހޯކިން އަކީ ފުރޮޅުލީ ގޮނޑިއެއްގައި އިންނެވި ނަމަވެސް އޭނާއަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް ވިސްނުން ތޫނުކަމުގެ ނަމޫނާއެކެވެ. އުމުރުފުޅުން 76 އަހަރުގައި ދުނިޔެ ދޫކުރައްވައިފައިވަނީ 14 މާޗް 2018 ވަނަ ދުވަހު އެވެ.
ހޯކިންގެ އުމުރުފުޅުން 22 އަހަރުގައި، 1964 ވަނަ އަހަރު ކުރިމަތިވި މޮޓޯ ނިއުރޯން ބަލީގައި ޑޮކްޓަރުން ދެއްވީ ދުނިޔޭގައި ހުންނާނެކަމުގެ ދެ އަހަރުގެ އުއްމީދެކެވެ. އެކަމަކު ނުކުޅެދުންތެރިކަމުގެ ނާއުއްމީދު ހިތްވަރަށް ބަދަލުކޮށްލާ އެތައް އީޖާދެއް ކުރެއްވި އެވެ. ބަލިހާލަތު ބޮޑުވެ ހަރާކާތް ނުކުރެވުމުން ފުރޮޅުލީ ގޮނޑީގައި އިންނަވަން ޖެހިވަޑައިގަތެވެ. ހަށިގަނޑު ވާގިނެތި ވާހަކަ ނުދެއްކެވޭ ހާލަތަށް ދިއުމުން ޚާއްސަ އާލާތެއްގެ ޒަރީއާ އިން ލެގްޗާތައް ދެއްވި އެވެ.
ސްޓެފަން ވިލިއަމް ހޯކިން
- އުފަންވެ ވަޑައިގެންނެވީ: ޖެނުއަރީ 8، 1942 ގައި އިންގްލެންޑުގެ އޮކްސްފޯޑުގައި
- އޮކްސްފޯޑް ޔުނިވާސިޓީގައި ނެޗަރަލް ސައެންސް އިން ކިޔަވާ ވިދާޅުވުމުގެ ފުރުސަތު 1959 ގައި ލިބިވަޑައިގެންނެވި
- މޮޓޯ ނިއުރޯން ބަލި ޖެހިފައިވާކަން 1963 ވަނަ އަހަރު ދެނެގަނެވުނު
- "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" 1988 ވަނަ އަހަރު ޝާއިއުކުރި. 10 މިލިއަން ކޮޕީ ވަނީ ވިކިފައި.
- ހޯކިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް 2014 ވަނަ އަހަރު ވަނީ "އަ ތިއަރީ އޮފް އެވްރީތިން" ނެރެފައި.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!