ރާއްޖޭގައި ރޫހާނީ ފަރުވާ އިޝްތިހާރުކޮށް ފާލު ބަލަން އުޅުނު ތިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން މިއަދު ބުނީ ގަވައިދާ ޚިލާފަށް ފާލު ބެލުމުގައި އުޅުނު ތިން ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.
އިމިގްރޭޝަނުން އެ ތިން މީހުންގެ ފޮޓޯވެސް އާންމުކޮށްފައިވާއިރު، އެ ތިން މީހުންނަކީ ވެސް އަވަށްޓެރި އިންޑިއާ ނިސްބަތްވާ ބަޔެކެވެ. އެއީ، ނަގަރަޖާ ބައިލްޕަޓީ، (39 އަހަރު)، ދަނަންޖޭ ބައިލްޕަޓީ، (18 އަހަރު) އަދި ސްރީހަރީ ވަނަމް، (25 އަހަރު) އެވެ.
އިމިގްރޭޝަނުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ތިން މީހުން ވެސް ޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް، ރިޕޯޓްކޮށްދިނުމަށް އެދިއްޖެ
ރާއްޖޭގަައި ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
"މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަކަމަށް ވެސް އެ ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!