ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 00:59 ހާއިރު، މާލޭގެ ޗާންދަނީމަގުގައި ހުންނަ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮޖެހި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މިތަނަށް ކަޅުތެޔޮ ޖަހާފައިވާއިރު، މި ޖަގަހައިގެ ބޭރު ފާރުގައި ވެރިކަންކުރާ ޕީއެންސީގެ ބައެއް މެމްބަރުންގެ ފޮޓޯ އިއްޔެޖަހާފައިވެ އެވެ.

އެ މެމްބަރުންނަކީ ވަގު ފޯމުތައް ލައިގެން ޕީއެންސީއަށް މެންބަރުން އިތުރުކުރާ މީހުން ކަމަށް ތުހުމަތުކޮށް ލިޔެފަވެސް ހުއްޓެވެ.