ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ފޯމް ހުށަހެޅި 389 ފަރާތަށް ޕޮއިންޓް ދީފައިވާ ލިސްޓް އަލުން މުރާޖަޢާކުރުމަށްފަހު، ހައުސިންގ ޔުނިޓްތަކަށް އެދިފައިވާ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް ލިސްޓް އާންމުކޮށްފިއެވެ.

ދިއްދޫ ކައުންސިލުން ކޮށްފައިފާ ޢިއުލާނެއްގައިވަނީ އެރަށުގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން A ކެޓަގަރީން ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ޕޮއިންޓް ލިސްޓް ޢާންމުކުރާކަމަށެވެ.

Ad
rt

އެ ލިސްޓާ މެދު އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ، 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ އެކައުންސިލް ބަންދުވުމުގެ ކުރިން އެ ކަމަށް ޚާއްޞަކުރެވިފައިވާ ފޯމުން އެ ޝަކުވާއެއް އެ ކައުންސިލަށް ހުށަހެޅުއްވުމަށް އެކައުންސިލުން ކޮށްފައިވާ ޢިއުލާނުގައިވެއެވެ.

އެ ފޯމް 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެކަމަށާއި، ޕޮއިންޓް ލިސްޓާ ގުޅިގެން އެ ކައުންސިލަށް އެއްވެސް ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ޝަކުވާއަކަށް އެ ކައުންސިލުން ލިޔުމުން ޖަވާބު ދެއްވާނެކަމަށްވެސް އެ ޢިއުލާންގައިވެއެވެ. އަދި ހުށަހަޅާ ޝަކުވާތަކަށް ބަލައި، ޕޮއިންޓް ލިސްޓަށް އެއްވެސް އިޞްލާހެއް ގެންނަން ޖެހޭ ނަމަ، އެ އިޞްލާޙު ގެނައުމަށް ފަހު ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް ހަމަޖެހިފައިވާ އުސޫލުން އިޢުލާންކުރާނެ ކަމަށްވެސް އެކައުންސިލުން ހާމަކުރަށްވައެވެ.