އިނގްލިޝް ޕްރިމިއަރ ލީގުގަ ރޭ ލަންޑަނަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އާސެނަލް އަދި ޗެލްސީ ބައްދަލުކުރި މެޗް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ޗެލްސީގެ ސްޓެމްފޮޑް ބްރިޖްގައި ރޭ ކުޅުނު މިމެޗްގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ޗެލްސީންނެވެ. މެޗްގެ 26 ވަނަ މިނިޓްގައި އާސެނަލްގެ ޑިފެންޑަރ މުސްތާފީ ކީޕަރަށް ޖައްސާލި ބޯޅަ އަތުލާ ޗެލްސީގެ ޓެމީ އަބްރަހަމް ބޯޅަ ހިފައިގެން ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލުމުގެ ކުރިން ފަހަތުން އައިސް އާސެނަލްގެ ޑިފެންޑަ ޑޭވިޑް ލުއިޒް ކުރި ފައުލްއަކާ ގުޅިގެން ޗެލްސީއަށް ލިބުނު ޕެނެލްޓީއަކުން ޖޯޖީނިއޯއެވެ. މި ފައުލްއަށް ރެފްރީ ވަނީ ސީދާ ރަތްކާޑު ދައްކާ ޑޭވިޑް ލުއިޒް ދަނޑުން ފޮނުވާލާފައެވެ. ޑޭވިޑް ލުއިޒް އަކި ޗެލްސީ ދޫކޮށް މިސީޒަންގައި ޗެލްސީ ދޫކޮށް އާސެނަލްއަށް ބަދަލުވި ކުޅުންތެރިއެކެވެ.
ޑޭވިޑް ލުއިޒްއަށް ދެއްކި ރާތް ކާޑައެކު އާސެނަލްއިން މެޗްގެ ބޮޑުބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއިއެކުއެވެ. އާސެނަލްގެ ފުރަތަމަ ގޯލް މެޗްގެ 63 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މި ސީޒަންގައި އާސެނަލް އަށް ބަދަލުވި ބްރެޒިލްގެ 18 އަހަރުގެ ޒުވާން ފޯވަޑް ގްބްރިއެލް މާޓިނެލީއެވެ. މިއީ މާޓިނެލީ މިސީޒަންގައި އާސެނަލްއަށް ކާމިޔާބުކޮށްދިން ދިހަވަނަ ގޯލެވެ.

މެޗްގެ 84 ވަނަ މިނިޓްގައި ޗެލްސީގެ ކެޕްޓަން އަޒްޕްލިކުއެޓާ ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް އޭގެ ތިން މިނިޓް ފަހުން މެޗްގެ 87 ވަނަ މިނިޓަގައި އާސެނަލްގެ ކެޕްޓަން ހެކްޓަރ ބެލެރިން ވަނީ ގޯލެއް ކާމިޔާބުކޮށް އާސެނަލްއަށް ނަތީޖާ ހަމަހަކޮށްދީފައެވެ. ރޭގެ މެޗަކީ އިންޖެރީއަށް ފަހު ގިނަ ދުވަސްތަކެއްވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ބެލެރިން އާސެނަލްއަށް ކުޅުނު ފުރަތަމަ މެޗްކަންވެސް ފާހަގަކޮށްލެވެއެވެ.
އާސެނަލް އަތުން ލިބުނު ޕޮއިންޓާއިއެކު ޖުމްލަ 40 ޕޮއިންޓް ހަމަކޮށް ޗެލްސީ މިވަގުތު އޮތީ ތާވަލްގެ ހަތަރުވަނައިގައެވެ. އަދި 30 ޕޮއިންޓާއިއެކު އާސެނަލް އޮތީ ތާވަލްގެ ދިހަވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!