ށ.ބިލެތްފަހީގައި ކުރިއަށް ގެންދިޔަ އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ބިލެތްފަހީ ންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެ ރަށު ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

Ad
rt

މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދުބު ބުނީ އެ ރަށު ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ހިންގި އަންމާ ފޮތް ހިތުދަސް ކުރުމުގެ ޕްރޮގްރާމުގައި ސާޅީހަށްވުރެ ގިނަ ކުދިން ބައިވެރިވެ 23 ކުދިން ވަނީ އަންމާފޮތް އެއްކޮށް ހިތުދަށްކޮށްފައި ކަމަށެވެ.

އޭނާ އިތުރަށް ބުނީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކިޔަވައިދީފައި ވަނީ އެ ރަށު މިސްކިތުގެ އިމާމު ކަމަށާއި އެ ފަރާތުން މި މަސައްކަތް ކޮށްދެއްވާފައި ވަނީ ހިލޭ ސާބަހަށް ކަމަށެވެ.

އޭނާ އިތުރަށް ބުނީ އަންނަ އަހަރު ވެސް މި ޕްރޮގްރާމް ނުވަތަ މިފަދަ އެހެން ޕްރޮގްރާމެއް ހިންގުމަކީ ކައުންސިލާއި ޑަބްލިއުޑީސީގެ އަމާޒެއް ކަމަށެވެ.