ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރުމަށް މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާ ތަކާއި، ވަކިވަކި ފަރުދުންނަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑ އޮފް މޯލްޑިވްސް (ޕީއެންސީ) އިން އިލްތިމާސްކޮށްފިއެވެ.

މިއަދު ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ މަދަނީ ޖަމުޢިއްޔާއަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ދިވެހި އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެކަމަށް އެ ޕާޓީން ޤަބޫލުކުރާކަމަށެވެ.

Ad
rt

"ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތައް ހަރަކާތްތެރިވާނީ ޤާނޫނު ހުއްދަކުރާ އިމުގެ ތެރޭގައި. އެ އިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެކަމަމެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ފަތުރުވެރިންނަށް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަން ޔަޤީން ކުރާކަމަށް ޕީއެންސީން ބުނެފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓުތައް ރައްކާތެރިކޮށްދިނުމުގައި ދިވެހި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ އިތުބާރު އެބައޮތްކަމަށްވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

ޕީއެންސީގެ މި އިލްތިމާސްކޮށްފައި ވަނީ ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ދެއްކެވި ވާހަކައަކާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ޚިދުމަތްތެރީންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށެވެ.