ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހދ އަތޮޅު ކައުންސިލުން އިޢުލާންކޮށްފިއެވެ.

މިކަމަށް ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 4182/81) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށް ހދ އަތޮޅު ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

Ad
rt

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 2020 ޖަނަވަރީ 19 ން ފެށިގެން މިމަހުގެ 27 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މިމަސައްކަތާ ބެހޭގޮތުން ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ މިމަހުގެ 28 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ބީލަންތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިކަމަށާއި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެކަމަށް އެއިދާރާއިން ހާމަކުރެއެވެ.

ކޭލަކުނަކީ80.23 ހެކްޓަރުގެ ބޮޑު ރަށެކެވެ. ހދ އަތޮޅު ކައުންސިލާއި މިރަށް ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ވަގުތީ ގޮތުންނެވެ.

މިއިޢުލާނާއިއެކު އެކައުންސިލުން ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުން ރަށް ޙަވާލުކުރެވޭނީ މީލާދީ 06 މަސް ދުވަހަށެވެ. އަދި މިރަށްތަކަކީ ވަގުތީގޮތުން ބެލެހެއްޓުމަށް މިކައުންސިލަށް ޙަވާލުކޮށްފައިވާ ރަށްތަކަކަށްވާތީ، ސަރުކާރު ބޭނުމަށް ރަށް ސަރުކާރަށް ނަގަން ނިންމައިފިނަމަ އެކަން ރަށް ޙަވާލުކުރާ ފަރާތަށް އެންގޭނެކަމަށް ބުނެފައި ވެއެވެ. އަދި 6 މަސް ދުވަހުގެ މުއްދަތު ހަމަވާއިރަށް ސަރުކާރުން ރަށް ނުނަގައިފިނަމަ ދެފަރާތް އެއްބަސްވާ ގޮތުގެ މަތީން އެރަށުގައި ކޮށްފައިވާ މަސައްކަތަށްބަލައި އެއްބަސްވުން އާކުރެވޭނެއެވެ. މިގޮތަށް އެއްބަސްވުން އާކުރެވޭނީ ގިނަވެގެން 6 މަސް ދުވަހަށްކަމަށް ބުނެފައި ވެއެވެ.

އިޢުލާނާ ގުޅުންހުރި ލިޔުންތައް

ކޭލަކުނު ބެލެހެއްޓުމުގެ މަޢުލޫމާތު
ކޭލަކުނު ބެލެހެއްޓުން – ބީލަން ފޯމު

● ގެޒެޓްގެ ލިންކް: http://gazette.gov.mv/iulaan/view/124039