ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމް ރ އަތޮޅުގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އެ އަތޮޅުގައި މި ޕްރޮގްރާމް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

ފުރަތަމަ ފިޔަވަހީގައި ހާލު ކިހިނެއް؟ ޕްރޮގްރާމް އެ އަތޮޅުގައި ކުރިއަށް ގެންދަނީ ހަތް ރަށެއްގައެވެ. އެ ރަށްތަކަކީ އިނގުރައިދޫ، އުނގޫފާރު، މީދޫ، ހުޅުދުއްފާރު، ފައިނު، ކިނޮޅަސްގެ އިތުރުން ރަސްމާދޫއެވެ.

މި ޕްރޮގްރާމްގެ ދަށުން އެ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކޮށް ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

އެ އަތޮޅުގައި މި ޕްރޮގްރާމު ކުރިއަށް ގެންދަނީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއި ބައިވެރިވުމާއި އެކުގައެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުން ދެމުން ގެންދާ އެއްބާރުލުން އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އުފަލާއިއެކު ފާހަގަކުރެއެވެ.