ށ.މިލަންދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީން ބުނީ މިލަންދޫގެ މަގުތައް ޒަމާނީ ފެން ވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން އެ މަޝްރޫއުގެ "ފައިނަލް އިންސްޕެކްޝަން" ހެދުމުގެ މަރުހަލާ ކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން މިލަންދޫގެ 8 މަގެއްގައި ވަނީ ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައެވެ. އެއީ 6.15 ކިލޯ މީޓަރު އޭރިޔާއެކެވެ. މި މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން ވަނީ 156.4 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އާރުޑީސީން ފަށާފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. މި މަސައްކަތް ފުރިހަމަ ކުރުމަށް 520 ދުވަހުގެ މުހުލަތެއް ކަނޑައަޅާފައި އޮތް ނަމަވެސް މަސައްކަތް އެއްކޮށް ނިންމާލެވިފައި ވަނީ އެ މުއްދަތަށްވުރެ ފަހުންނެވެ.