ލޯކަލް ކައުންސިލް އިންތިޚާބު 2020، އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާރސް ލިސްޓް އާއްމުކޮށްފިއެވެ. އެލިސްޓުގައި ވާގޮތުން ކުޅުދުއްފުށީ ސިޓީއިން 1228 މީހުނަށް އެ ޕްރައިމަރީގައި ވޯޓުލެވެއެވެ.

އެމްޑީޕީ އިން އިއްޔެ އެ އާންމުކޮށްފައިވާއިރު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ ފުރަސަތު ދީފައިވުމާއެކު މާދަމާއަށް އެ މުއްދަތު ހަމަވާނެއެވެ. އެހެންކަމުން ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ 22 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު 2:00 އެވެ.

Ad
rt

އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓްގައި ވާގޮތުން ރާއްޖެގެ އެހެން ސިޓީތަކުން، އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ އަދަދަށް ބަލާއިރު، އައްޑޫ ސިޓީގެ ލިސްޓުގައި ވަނީ 12،096 މީހުންނެވެ. ފުވައްމުލައް ސިޓީގެ ލިސްޓުގައި ވަނީ 3،959 މީހުނެވެ. މާލެ ސިޓީގެ ލިސްޓުގައި ވަނީ 13108 މީހުންގެ ނަމެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން 93،139 އަށްވުރެ ގިނަ މީހުނަށް އެ ޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވެ އެވެ.

ނަމަވެސް ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި ލިބޭ ޝަކުވާތަކަށް ބިނާކޮށް ވޯޓާސް ލިސްޓު އިސްލާހު ކުރާއިރު އެ އަދަދަށް އަދި ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ. އެމްޑީޕީން ހާމަކުރާ ގޮތުގައި އެ ޕްރައިމަރީގައި 1246 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބު އޮންނާނީ މިއަހަރުގެ ފެބްރުއަރި 4 ގައެވެ.