އާ އަހަރުގެ ކިޔެވުން ފެށުމާއެކު ރަސްގެތީމު ސްކޫލުންވަނީ "ފެން ރަނގަބީލު" ޖަހަން ފަށާފައެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް އަޒުލީނާ ގާސިމް ދަރިވަރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ "ފެން ރަނގަބީލު" ތަޢާރަފު ކުރެއްވީ ފެންބުއިމަށް ކުދިން އިސްކަން ނުދޭތީއާއި ފެން ބުއިމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުންކަމަށެވެ.
ރަސްގެތީމު ސްކޫލުން " ފެން ރަނގަބީލު ޖަހަނީ" ކިޔަވައިދޭ ކޮންމެ ދުވަހެއްގެ 10:10ގައެވެ. ފެންރަނގަބީލާއެކު ދަރިވަރުންނާއެކު މުދައްރިސުންވެސް ފެންބުއިމުގައި ބައިވެރިވާއިރު ސްކޫލުން އާންމުކޮށް ޖަހާ ރަނގަބީލާ އެ ރަނގަބީލު ތަފާތެވެ.
މީގެ ސަބަބުން ފެން ބިއުމުގެ އާދަ ދަރިވަރުންގެ ކިބައިގައި ހަރުލާން ފަށާނެ. ގަޑިޖެހޭއިރު ދަރިވަރުން ތިބެނީ ތައްޔާރުވެގެން. ފެންބުއިމަށްފަހު ނޫނީ ކުލާހުން ބޭރަށް އެއްވެސް ކަމަކު ނުދެވޭނެ. އެއީވެސް މިކަމުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދޭން، އަޅުގަނޑުމެންނަށް ފާހަގަވީ މަތީ ގްރޭޑް ތަކުގެ ދަރިވަރުން ފެންބުއިމަށް ސަމާލުކަން ނުދޭކަން. ފެން ރަނގަބީލާއެކު އެކަންވެސް މިހާރު ހައްލުވީ
ދަރިވަރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.
ރަސްގެތީމު ސްކޫލަކީ އެއް ދަންފަޅިއަށް، ޕްރީސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިހާރު އެ ސްކޫލްގައި 125 ދަރިވަރުން ކިޔަވަމުން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!