އެންސްޕާ ހިންގަން ކުށްޔަށް ހިފާފައިވާ އިމާރާތުން ފަންގިފިލާތަކެއް މޯލްޑިވްސް މީޑިއާ ހައުސް އަށް ކުއްޔަށް ދިނުމަށް އެ ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން އުވާލަން އެންސްޕާއިން ނިންމައިފިއެވެ.
އެންސްޕާއިން މިގޮތަށް ނިންމީ އެ އެއްބަސްވުން އުވާލަން މޯލްޑިވްސް މީޑިއާ ހައުސްއިން ހުށަހެޅުމުންނެވެ.
އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެޖެންސީ ހިންގާ ''މޫކައި ސުއިޓްސް'' އިމާރާތް، މަރާމާތުކުރުމަށް ހުސްކުރަން އެންގުމުން އެ އެޖެންސީ ހިންގާނެ ތަނެއް ހޯދުމަށް މާލީ ވުޒާރާއިން ހުއްދަ ހޯދައިގެން އޮންނަ އުސޫލުގެ ތެރެއިން އިމާރާތެއް ހޯދިކަމަށެވެ.
އެ އިމާރާތުން އެ އެޖެންސީން ކުށްޔަށްނެގި ފަންގިފިލާތަކުން ފަންގިފިލާތަކެއް މޯލްޑިވްސް މީޑިއާ ހައުސް ކިޔާ ކުންފުންޏަކަށް ކުށްޔަށް ދިންކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.
ނޫސް ބަޔާން. pic.twitter.com/OPdsbAo8ro
— NSPA (@NSPAmaldives) December 2, 2024
މި މުއާމަލާތާއި ގުޅިގެން މޯލްޑިވްސް މީޑިއާ ހައުސްގެ އަގުވައްޓާލުމަށް ހަގީގަތާއި ޚިލާފް އެތައް ވާހަކަތަކެއް ފަތުރައި، މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއްނެތް ދޮގުވާހަކަތަކެއް ފަތުރާފައިވާކަމަށް އެންސްޕާގެ ބަޔާނުގައެވެ. އެންސްޕާއިން ބުނީ އެ ވާހަކައް ފެތުރުމުގެ ސަބަބުން މޯލްޑިވްސް މީޑިއާ ހައުސް އަށް މާއްދީގޮތުންނާއި، މައުނަވީ ގޮތުން އެތައް ގެއްލުންތަކަކާއި ކުރިމަތިލާންޖެހިފައިވާތީ، އެންސްޕާއާއިއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން އެ ކުންފުނިން ހުށަހެޅީކަމަށް އެންސްޕާއިން ބުންޏެވެ.
އެހެންވެ، މާލީ ވުޒާރާގެ މަޝްވަރާ ހޯދުމަށްފަހު، އެ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމާފައިވާކަމަށް އެންސްޕާއިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!