ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ މޫދުން ފެނުނު އަނިޔާވެފައި އޮތް މީހާ ނިޔާވެއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ތޮށީގެ ބޭރު މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރެއްހާއިރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
ފުލުހުން މިރޭ ބުނީ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އެމީހާ ނިޔާވެފައިވާ ކަމަށެވެ.
އެއީ އުމުރުން 55 އަހަރުގެ މީހެއްކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ، އެމީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި، އެމީހާ އަނިޔާ ވެފައި ވަނީ އުޅަނދެއްގައި ޖެހިގެންކަމަށް ބެލެވޭކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!