ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު ދަންމާލަން މިއަދު ފާސްކޮށްފިއެވެ.
މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރެވެ. މިއީ މިއަހަރުގެ އެންމެ ފަހު ދައުރެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ ނޮވެމްބަރު 30 ވަނަ ދުވަހެވެ.
މިދައުރުގައި ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން މިއަދުގެ ޖަލްސާގައި ރިޔާސަތުން ރައީސް އަބުދުއްރީޙީމް ޢަބުދުﷲ ވަނީ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅުއްވާފައެވެ.
މަޖިލީހުގެ ރައީސް ވަނީ މިގޮތަށް ފެނޭތޯ ބަލަން މަޖިލީހުގައި މިއަދު ވޯޓު ނަގާފައެވެ. މި ވޯޓުގައި މަޖިލީހުގެ ދައުރު ދަންމާލަން 68 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލީހުގެ ދައުރު ދަންމާލަން ފާސްކުރީ އަންނަ ޑިސެމްބަރު 15 އާއި ހަމައަށެވެ.
މަޖިލީހުގެ މި ދައުރުގެ މުއްދަތު ދަންމާލަން މިއަދު ނިންމި އިރު، ސަރުކާރުން މުހިންމު އިތުރު ބިލުތަކެއްމަޖިލީހަށް މަޖިލީހަށް ވައްދަން ތައްޔާރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!