މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވާލައި، އެ ބިލުގެ ޑްރާފްޓަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން މުއާމަލާތްތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި، ގަނެވިއްކުން ހުއްދަކުރުމާއި، ދިވެހިރާއްޖެއަށް ބޭރުފައިސާ އެތެރެކުރުމާއި، ރާއްޖެއިން ބޭރު ފައިސާ ބޭރުކުރުމާއި، ޤާނޫނުގެ ދަށުން ރާއްޖޭގައި ފޮރިން އެކްސްޗޭންޖް ރޭޓް ކަނޑައެޅުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ޖަމާކުރުމާއި އަދި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމާއި ބެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ.
މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ބޭންކު އެކައުންޓުން ކުރެވޭ މުޢަމަލާތްތައް ހިމެނޭ ގޮތުނ،ް ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތަކާބެހޭ
އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ބޭރުގެ ފައިސާ ގެންގުޅުމާއި ގަނެވިއްކުން ހުއްދަކުރުމާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއަށް ބޭރު ފައިސާ އެތެރެކުރުމާއި ދިވެހިރާއްޖެއިން ޭރުކުރުމާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމާއި، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިނ،ް ދިވެހިރާއްޖޭގައި ފޮރިން އެކްސްޗޭންޖް ރޭޓް ކަނޑައެޅުމާއި ހިންގުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި، ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކް އެކައުންޓަކަށް ޖަމާކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި އަދި ޭރު ފައިސާއިން ލިބޭ އާމްދަނީއިން ބައެއް ދިވެހި ރުފިޔާއަށް
މާރުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.
އެމްއެމްއޭއިން ބުނީ، މި ބިލުގެ މައިގަނޑު މަގުސަދަކީ، 1 އޮކްޓޫބަރު 2024 ގައި ޢަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އަދި މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމުރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
މި ބިލަށް ކޮމެންޓު ހުށަހެޅުމުގެ ފުރުސަތު ވަނީ 1 ޑިސެންބަރު 2024ގެ 14:00އާ ހަމައަށް ހުޅުވައިލައިފައިވާއިރު، ކޮމެންޓުތައް ފޮނުވަން ޖެހެނީ އެމްއެމްއޭގެ foreignexchange@mma.gov.mv އީ-މެއިލްއަށެވެ.
.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!