ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަށް ވޯޓަށް އެހުމަށް އިތުރު ޖަލްސާއެއް މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) އެވެ.

Ad
rt

މިއަދު ހެނދުނު 9:00 ގައި ފެށި ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު މިހާރު ވަނީ އެ ބިލުގެ އިބުތިދާއީ ބަހުސް ފަށާފައެވެ.

މަޖިލީހުގެ ވެބްސައިޓްގައިވާގޮތުން މި ބިލުގެ މަސައްކަތް ނިންމާ ކޮމެޓީގެ ރިޕޯޓް އެޖެންޑާކޮށް މަޖިލީހުގެ އިތުރު ޖަލްސާއެއް ހަވީރު 5:30 އަށް ވަނީ މިހާރު އެޖެންޑާކޮށްފައެވެ.

ގޮނޑިގެއްލޭ އިސްލާޙް ހިމަނައި ޤާނޫނުއަސާސީއަށް އިސްލާހުގެންނަ ބިލު ހުށަހަޅައިފި

މަޖިލީހުގެ ގަވާއިދުގެ ދަށުން ތަރުތީބުވެފައި އޮންނަގޮތުން، މި ކޮމެޓީ ރިޕޯޓު އެ ޖަލްސާގައި އިއްވުމަށްފަހު، މެމްބަރުންގެ ބަހުސަށް ހުޅުވާލާނެއެވެ. އަދި ބަހުސަށްފަހު ބިލު ފާސްކުރަން ވޯޓަށް އަހާނެއެވެ.

މި ބިލުގައި ވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ ހާލަތްތައް ހިމަނާފަވެއެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތަކުން ފާސްކުރާ ޤާނޫނަކުން ކަމަށް ހިމަނާފަވެއެވެ.