ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމުމުގެ ސަބަބުން ސަސްޕެންޑް ކުރެވިފައިވާ ސިވިލްސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފިއެވެ.
ސިވިލްސަރވިސް ކޮމިޝަނުން މިއަދު އާންމުކުރި ސަރކިއުލާއެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާ ދިވެހި ސިވިލްސަރވިސްގެ މުވައްޒަފުން ސަސްޕެންޑް ކުރުމަށް ދިވެހި ސިވިލްސަރވިސްގެ ޤަވާޢިދުގައިވާ މާއްދާތައް އިސަލާޙްކޮށް އާންމުކުރާ ކަމަށެވެ.
އެޔާއިއެކު 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ބައިވެރިވުމުގެ ސަބަބުން ސަސްޕެންޑް ކުރެވިފައިވާ ސިވިލްސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން މިއަދުން ފެށިގެން ނިމުމަކަށް ގެނެވިފައިވާކަން އާންމުކޮށް ޢިއުލާން ކުރާކަމަށް ސަރކިއުލަރގަައިވެއެވެ.
އެ އިސްލާޙް ގެނައި ނަމަވެސް ޤާނޫނު ނަމްބަރ 10/2020 (ލޯކަލް ކައުންސިލަތަކުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ހ ގައި ވާ ގޮތުގެ މަތީން ލޯކަލް ކައުންސިލެއްގެ މެމްބަރުން ހޮވުމަށް ކުރިމަތިލާ މުވައްޒަފުން، އެ މުވައްޒަފު އިންތިޚާބަށް ކުރިމަތިލައި އިލެކްޝަން ކޮމިސަނުން ޤަބޫލުކުރާ ތާރީޚުން ފެށިގެން ބަޒީފާ ސަސްޕެންޑް ކުރެވޭނެކަމަށް އެސަރކިއުލާގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!