ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް މަޝްރޫޢު، ބިންވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފިއެވެ.
ގުޅިފަޅާއި ގިރާވަޅު ފަޅުން ހިއްކާ ބިމުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައަޅައި ގޯތިތަކުގެ ރަޖިސްޓްރީ ވެސް މީގެކުރީން ހަވާލުކޮށްފައިވީ ނަމަވެސް، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވުމުން، މި ގޯތިތަކުގެ ލޮކޭޝަންތަކަށް އައި ބަދަލާއެކު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމީ ގޯތި ލިބޭ މީހުންގެ މެދުގައި އަލުން ގުރުނަގާށެވެ.
މިގޮތުން މާލޭގެ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މި ގުރުނެގުން މިއަދު ފަށާފައިވާއުރު، މިގުރުގައި މިހާތަނަށް ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި، މިހާތަނަށް ޕްލޮޓް ހަވާލުނުކޮށް ތިބި ފަރާތްތަކާއި އަދި ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރި މީހުންގެ ގޯތީގެ ގުރުއަތުލުން ވެސް ކުރިއަށްދާނެއެވެ.
ބިންވެރިޔާ ސްކީމްގައި ދޫކުރަން ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. ނަމަވެސް ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1096 ގޯތި، ސަރުކާރުން މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!