ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ.އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރު ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާއިއެކު، މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ހއ.އަތޮޅު ކައުންސިލުން މިއަދު ސޮއިކޮށްފިއެވެ.
ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ ދެ ފަރާތަކުންނެވެ. އެއީ ހއ.އަތޮޅު ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ދީމާ ހަސަން އާއި އިހަވަންދޫ ކައުންސިލްގެ ކައުންސިލް އޮފިސަރ އިބްރާހީމް ސުހޭލް އެވެ. މި ކޮންމެ ފަރާތަކަށް މާލީ އެހީގެ ގޮތުގައި 370500 (ތިރީސް ހަތްހާސް ފަސްސަތޭކަ) ރުފިޔާ ދޫކުރުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މިއީ މި އަހަރު ހއ.އަތޮޅު ކައުންސިލްގެ ވޯކް ޕްލޭންގައި ހިމަނައިގެން، އަތޮޅު ކައުންސިލުގެ 4 ވަނަ ދައުރުގެ 139 ވަނަ އާއްމު ބައްދަލުވުމުން ފާސްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގެ މަގުސަދަކީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާގައި ކުރިއަށް ދިއުމަށާއި މުވައްޒަފުންގެ ތެރޭގައި ލީޑަރޝިޕް ކުރިއަރުވައި، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި ފަންނީ ދާއިރާތަކުން ތަމްރީން ލިބިފައިވާ ގާބިލް ބަޔަކަށް މުވައްޒަފުން ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!