ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުން ވިޔަފާރިކުރަން ކުންފުނި އުފެއްދުމުގެ އުސޫލުގެ ދަށުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އުފައްދާފައިވާ "ހއ. އަތޮޅު ލޯކަލް އޮތޯރިޓީ އޮތޯރިޓީ ކުންފުނި" ގެ ބޯޑުގެ މިނިވަން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހއ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" ދަށުންނެވެ.
މި މަގާމުގެ ތައުލީމީ ޝަރުތުތަކުގެ ތެރޭގައި މަތީ ސާނަވީ ތައުލީމް ފުރިހަމަ ކޮށްފައި ވުމާއިއެކު، ހަތަރު އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތ ވިޔަފާރި ހިންގުން ނުވަތަ ހިންގުމުގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފައިވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާން ޖެހެއެވެ.
މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ އަދި އުމުރުން 55 އަހަރު ފުރިފައިނުވާ ބުއްދި ސަލާމަތުން ހުރި ދިވެއްސަކަށެވެ.
މިނިވަން ޑިރެކްޓަރުގެ މަގާމަށް، ބޯޑު ބައްދަލުވުމުގެ ސިޓިން އެލަވަސް ލިބޭނެއެވެ. އެއީ ބައްދަލުވުމަކަށް 500 (ފަސްސަތޭކަ) ރުފިޔާއެވެ. ނަމަވެސް އެއީ މަހަކަށް ގިނަވަގެން ހަތަރު ބައްދަލުވުމަށެވެ.
މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން، "ހއ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، މި މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހއ.އަތޮޅު ކައުންސިލްގެ އިދާރާ އަށް ، ނުވަތަ info@halifatoll.gov.mv އީމެއިލް އަށް ހުށަހެޅުއްވުމަށް އަތޮޅު ކައުންސުލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!