ކަނޑުގެ ލޮނުން ހަކަތަ އުފަށްދާ އޯޓެކް ސިސްޓަމް ރާއްޖެގައި ޓެސްޓު ކުރުމަށް ތައްޔާރުވަނީ

D4052768-0A99-467F-BA11-4EAEDBCF7F30

ކަނޑުގެ ލޮނު ބޭނުންކޮށްގެން ހަކަތަ އުފައްދާ އީޖާދެއްގެ ސާމްޕަލް ސިސްޓަމް އުފެއްދުމަށް، ކޯންވެލްގެ ކުންފުންޔެއްކަމުގައިވާ ގްލޯބަލް އޯޓެކް ރިސޯސަސް އަށް 140،000 ޕައުންޑުގެ އެހީ އީޔޫ އިން ދީފިއެވެ.

މި އީޖާދުން ކަނޑުއަޑީގައި ހުންނަ ފިނި ފެން، ހޫނު ފެން ފަށަލައިގެ ތެރެއަށް ދެމުމުން ފެނުގެ ފިނިހޫނުމިނުގައި ހުންނަ ތަފާތުގެ ސަބަބުން މި ސިސްޓަމުގައި ހަރުކުރެވިފައިވާ ބުރަފަށްޗެއްގެ އެހީގައި ހަކަތަ އުފައްދައިދެއެވެ. މިކުންފުނިން މައުލޫމާތު ދޭގޮތުގައި މި ސިސްޓަމުން އެއް މެގަރ ވޯޓްގެ ކަރަންޓު އުފެއްދޭނެއެވެ. އަދި މެދުނުކެނޑި 24 ގަޑިއިރު ބޭނުން ކުރެވޭވަރުގެ ކަރަންޓު މި ސިސްޓަމުން އުފަށްދައިދެއެވެ. މިއީ ވަޔާ އަވިން އުފައްދާ ހަކަތައަށް ވުރެން ގިނައިރު ބޭނުންކުރެވޭ ސިސްޓަމެކެވެ.

އެ ކުންފުނީގެ ސީއީއޯ ޑޭން ގްރެކް ވިދާޅުވިގޮތުގައި މި ސިސްޓަމުގެ ސަބަބުން ހޫނުގަދަ ގައުމުތަކުގައި ތެޔު ބޭނުން ކުރަންޖެހޭ މިންވަރު މަދުވެ، ކުދި ޖަޒީރާ ގައުމުތަކުގައި ހަކަތަ އުފައްދަން އިތުރު އެއްޗެއްގެ އެހީއަކާއި ނުލައި ހަމަ އެކަނި މިސިސްޓަމު ބޭނުން ކޮށްގެން އުފައްދާ ހަކަތައިން ފުދޭނެއެވެ.

މިސިސްޓަމް އުދެއްފި ދެ ބޭފުޅުން ކަމުގައިވާ ޑޭން ގްރެކް އަދި ހޭޑަން އޭޝްފީލްޑް ސިސްޓަމް ޓެސްޓް ކުރުމަށް ރާއްޖޭގައި އޯޓެކް ސިސްޓަމް ބޭނުން ކޮށްގެން ހަކަތަ އުފެއްދުމަށް، މިހާރު ދަނީ ދިވެހިރާއްޖޭގެ ސަރުކާރާއި ރިސޯރޓްތަކާ މަޝްވަރާ ކުރައްވަމުންނެވެ. ރާއްޖޭގައި މިވަގުތު ބޭނުންކުރާ 96 ޕަސަންޓްގެ ހަކަތަ އުފައްދަނީ ތެލުންނެވެ. އަދި ބާކީ 4 ޕަސަންޓްގެ ހަކަތައަކީ އިއާދަ ކުރަނިވި ހަކަތަ ކަމުގައިވާ އިރުގެ އަލިން އަދި ވައިން އުފައްދާ ހަކަތައެވެ.

ޔޫކޭގެ މި ކުންފުނިން މައުލޫމާތު ދޭގޮތުގައި، ފަށައިގަތުމުގެ ގޮތުން ރާއްޖޭގެ 7 ރިސޯރޓެއްގެ ކައިރީ ބާރޖް ބޭއްވުމަށްފަހު އޯޓެކް ސިސްޓަމް ބޭނުންކުރަން ފެށުމުން، ޑީސެލް ޖެނެރޭޓަރު ބޭނުންކުރުން އެކީގައި ހުއްޓާލެވޭނެއެވެ. އޯޓެކް ސިސްޓަމް ބޭނުންކޮށްގެން ރާއްޖޭގައި ކާމިޔާބު ކަމާއެކު މުޅި އަހަރުދުވަހު ބޭނުން ކުރާނެ ހަކަތައާއި ސާފު ފެން އުފެއްދޭނެ ކަމަށް ޤަބޫލްކުރައްވާ ކަމަށް ރިނިއުބަލް އެނަރޖީ މޯލްޑިވްސް ގެ ޗެއަރމަން އިބްރާހިމް ނާޝިދު ވަނީ ވިދާޅުވެފައެވެ.

ބަރޖް ބޭނުންކޮށްގެން ކަނޑުގެ އަޑިން ދަމާފެނުން ހަކަތަ އުފެއްދުމުގެ އީޖާދު އެންމެ ފުރަތަމަ ކޮށްފައިވަނީ 1880 ވަނަ އަހަރު ފްރާންސްގެ ސައިންޓިސްޓެއް ކަމުގައިވާ ޖެކޫޒް ޑީ އާރސޯންވަލް އެވެ. އޯޓެކް ނުވަތަ އޯޝަން ތަރމަލް އެނާރޖީ ކޮންވަރޝަން ސިސްޓަމް އުފެއްދި ގްލޯބަލް ރިސޯސަސްއިން ނިންމާފައިވަނީ ބަރޖެއްގައި މި ސިސްޓަމް ބަހައްޓައިގެން ބޭނުންކުރުމަށެވެ.

ކަނޑުއަޑީގެ 3،200 ފޫޓް އަޑީގައި ހުންނަ ފިނި ފެން ހޮޅިއެއް މެދުވެރިކޮށްގެން މައްޗަށް ފެން ދެމުމަށްފަހު، ކަނޑުގެ މަތީ ފަށަލައިގައި ހުންނަ ހޫނު ފެނާއި މި ފިނިފެން އެއްވުމުން މިސިސްޓަމުގައި ހަރުކުރެވިފައިވާ ބުރަފަތި އެނބުރެން ފެށުމުން ހަކަތަ އުފައްދައިދެއެވެ.

" ރާއްޖޭގެ ރަށްތަކުން ބޮޑު ޚަރަދު ކޮށްގެން ޑީސަލް އިމްޕޯރޓްކޮށްގެން ބޭނުންކުރުމަށް ބަރޯސާވާކަށް ދެން ނުޖެހޭނެ. އިއާދަކުރަނިވި ހަކަތަ އަށް ބޮޑު އިންގިލާބެއް ގެނައުމުގައި ދިވެހިރާއްޖެއިން އަޅުގަނޑުމެނާ ބައިވެރިވުން އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް "

ގްރެކް ވިދާޅުވިއެވެ.

ގްރެކް ވިދާޅުވެފައިވަނީ މިސިސްޓަމުގެ ޓެސްޓުތައް ރާއްޖޭގައި ކުރުމަށް ނިންމާފައިވަނީ ރާއްޖެއަކީ އާސާރީ އަލިފާން ފަރުބަދަ ތަކެއްމަތީ އުފެދިފައިވާ މުޅިއަހަރު ތެރޭ މޫސުމީ ބޮޑެތި ބަދަލުތައް ނާންނަ ، ފަތުރުވެރިކަމުގެ ބޮޑު އިޤްތިޞާދެއް އޮންނަ ޤައުމަކަށް ވާތީއެވެ. މިތިން ކަމުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމެއްގައި މިސިސްޓަމް ޓެސްޓު ކުރުމަށްވުރެ ރާއްޖޭގައި މިސިސްޓަމް ޓެސްޓުކުރުމުން، ބޭނުންކުރުމުގެ އަގު ކުޑަކުރެވޭލެއް އަވަސްވެއެވެ. މިސިސްޓަމް ޑިޒައިންކޮށް ރޭވުމަށްފަހު ރާއްޖޭގައި ޓެސްޓުކުރަން ފެށުމަށް 18 މަސް ހޭދަވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުމެން މިހާރު މާލޭގައި ކަމާގުޅޭ އެކިފަރާތް ތަކާއިއެކު ސިސްޓަމް ތައް ބަހައްޓާނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަޝްވަރާތައް އެބަ ކުރިއަށް ގެންދަން، ބިޑެއްގެ ގޮތުގައި ކުރިއަށްދާ މި މަޝްވަރާގައި ގޮތެއްނިންމުމަށް ދަތިވެފައިވަނީ ކަނޑުގެ ލޮނުގެ ހަކަތަ ބޭނުން ކުރަން ފަށާ ފުރަތަމަ ރަށަށްވާން ކޮންމެ ރަށަކުން ވެސް ބޭނުންވޭ "

ގްރެކް ވިދާޅުވިއެވެ.

ގްލޯބަލް ރިސޯރސަސްއިން ވަނީ އޯޓެކް ސިސްޓަމަކީ ތެލުން އަދި ނިއުކްލިއަރ ހަކަތައިން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަ، މުޅި ސިސްޓަމްއެކީގައި އިޔާދަ ކުރަނިވި ހަކަތައިގެ ސިސްޓަމެކެވެ. އަދި ހަކަތަ އުފައްދައިދޭ ސޯލަރ، ވައި ، ބައޯމާސް ހައިޑްރޯ އިލެކްޓްރިކް ހަކަތަ ފަދަ ސިސްޓަމްތައް ފަދައިން ރަށުތެރޭގެ ބިމުން ބޮޑު ޖާގަ ބޭނުން ކުރަން ނުޖެހޭ ސިސްޓަމެކެވެ.

ދުވާލެއްގެ މައްޗަށް ކަނޑުގެ ލޮނުގަނޑުގެ 38 މިލިއަން ސްކޮޔަރ މޭލުގެ އޭރިއާއިން ކުއަޑްރިލިއަން މެގަ ޖޫލްސް ގެ އިރުގެ އަލި ދަމައެވެ. މިއީ ދުވާލެއްގެ މައްޗަށް 170 ބިލިއަން ފީފާ ތެޔޮ އެންދުމާއި އެއްވަރުގެ އަދަދެކެވެ. އެހެންކަމުން މީގެން ކުޑަ މިންވަރެއް ބޭނުންކުރި ކަމުގައިވިޔަސް ކުދި ގައުމުތަކުގެ ހުރިހާ ސަރަޙައްދެއްގައި ބޭނުން ކުރެވޭނެ ހަކަތަ އުފެއްދޭނެއެވެ. މި ޓެކްނޮލޮޖީ ވަނީ ޔޫކޭގެ ޕްރައިވެޓް އިންވެސްޓްމަންޓު ތަކާއި އެހެން ގައުމުތަކުގެ ސަމާލުކަން ހޯދާފައެވެ. މިކުންފުނިން ވަނީ ޔުނިވަރސިޓީ އޮފް ޒީޓާރ އާ ގުޅިގެން މިސިސްޓަމާގުޅޭ ފީސިބިލިޓީ ދިރާސާތައް ހަދާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *