ސިިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމާއި ދެކޮޅަށް މަޖިލީހަށް މައްސަލައެއް ހުށަހެޅުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކައުންސިލުން ލަފާދީފިއެވެ.

އެމްއެންޕީގެ ސްޕޯކްޕާޝަން އަސްރާ އަހްމަދު ''ތިލަދުން'' އަށް ވިދާޅުވީ، އެ ޕާޓީގެ ކައުންސިލުން މިގޮތަށް ލަފާދީފައި ވަނީ މިދިޔަ ބުދަ ދުވަހު އޮތް އެ ޕާޓީގެ ހިންގާ ކައުންސިލްގެ ނުވަ ވަނަ ބައްދަލުވުމުގައި ކަމަށެވެ.

Ad
rt

އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލަށް މިކަން ހުށަހަޅާފައި ވަނީ އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް މުޙައްމަދު ޝުހައިލް އެވެ.

އަސްރާ ވިދާޅުވީ، އެމްއެންޕީއަކީ އަބަދުވެސް ދައުލަތުގެ ބަޖެޓުން ސިޔާސީ ހަރަކާތްތަކަށް ހަރަދު ކުރުމާއި ދެކޮޅަށް މަސައްކަތްކުރަމުން އައި ޕާޓީއެއް ކަމަށެވެ.

ވަކީން ހާއްސަކޮށް އެ ޕާޓީގެ އެކި ޖަލްސާތަކުގައި އާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ޕާޓީގެ ރައީސް، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވޭތުވެތިޔަތާގައި ވަކާލާތުކޮއްފައިވާކަން އަސްރާ ވަނީ ފާހަގަކުރަށްވާފައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނުއިރު ޑިމޮކްރަސީ ކުރިއެރުވުމަށް ދައުލަތުން ޕަޓީތަކަށް ފައިނޭންޝިއަލް ސަޕޯޓްދީގެން ޑިމޮކްރަސީ ފައްކާ ކުރުމަށް ކުރި މަސައްކަތަކީ ރަގަނޅު މަސައްކަތެއްކަން އަސްރާ ވަނީ ފާހަގަކުރަށްވާފައެވެ.

''ނަމަވެސް މިހާރު އޭގެފަހުން 15 އަހަރު ވެއްޖެ. ދައުލަތުގެ މާލީހާލަތު އޮއްގޮތުންނާއި އަދި ރާއްޖޭއިން ބޭރު ގިނަގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލުން ސިޔާސީ ޕާޓީތަކަކީ އެޕާޓީގެ ސަޕޯޓަރުންގެ މަދަދާއި އެކީ ހިންގާ ޕާޓީތަކަކަށް މިރާއްޖޭގެ ސިޔާސީ ޕާޓީތައް މިހާރު މިސްރާބު ޖަހަންވީ ވަގުތު ޖެހިއްޖެ ކަމަށް މެންބަރުން ދެކޭ.'' އަސްރާ ވިދާޅުވިއެވެ.

އަސްރާ ވިދާޅުވީ، އެކަން އެހެން އޮތުމާއެކު މިމައްސަލައަކީ ކުއްލި މައްސަލައެއް ގޮތުގައި ބަލައިގެން މިކަމާއި މެދު ކައުންސިލުން ފެންނަގޮތަކަށް ވޯޓަކަށް އަހާ ކައުންސިލުން ވަކިގޮތެއް ނިންއިދިނުމަށް އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް މުޙައްމަދު ޝުހައިލް އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލަށް ހުށަހެޅީ ކަމަށެވެ.

ޝުހައިލްގެ މި ހުށަހެޅުމަށް އެޕާޓީގެ ހިންގާ ކައުންސިލްގައި ބަހުސް ކުރުމަށްފަހު، އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މެންބަރުންވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ލަފާ ދީފައި ކަމަށް އަސްރާ ވަނީ ވިދާޅުވެފައެވެ.