އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނަށް ވަދެގަނެއްޖެއެވެ.
ލުބްނާންގެ ދެކުނަކީ ހިޒްބުﷲ ޖަމާއަތުގެ އެންމެ ބޮޑު ހަރަކާތްތައް އޮންނަ ސަރަހައްދެވެ. އިސްރާއީލުން ދެކުނު ލުބްނާނަށް ވަދެގަތީ ހިޒުބުﷲ އާއި ދެކޮޅަށް އެއްގަމު އޮޕަރޭޝަނެއް ފަށާފައިވާކަމަށް އިސްރާއީލުގެ އަސްކަރީއާއިން އިއުލާން ކުރުމަށްފަހުއެވެ.
ބައިނަލްއަގްވާމީ މީޑިއާ ބުނާގޮތުން އިސްރާއީލުން ރޭ ވެސް ވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި އެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް އެތަންތަން ދޫކޮށް ދިއުމަށް އެންގުމަށްފަހު ގިނަ ހިސާބުތަކަކަށް ބޮން އަޅާފަވެއެވެ.
ހޯމަ ދުވަހު ލެބަނަނަށް ދިން ހަމަލާތަކުގައި މަދުވެގެން 95 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން އަންނަ އުދުވާނުގެ ތެރެއިން ގާޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން 11 މީހުން މަރުވެފައިވާކަމަށް މެޑިކަލް އޮފިޝަލުން ބުނެފައިވެއެވެ.
ގާޒާގައި އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 41،615 މީހުން ޝަހީދުވެ. 96،359 މީހުންނަށް އަނިޔާވެފައިވެއެވެ.
އިސްރާއީލުގައި އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ އިސްނެގުމުގައި ދިން ހަމަލާތަކުގައި މަދުވެގެން 1،139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ރަހީނުކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!