ރައީސް ޞާލިޙް ވިދާޅުވުމުން ކައުންސިލަރުންގެ މުސާރަ ބޮޑުވާކަން ޔަޤީންވެއްޖެއެވެ. ރައީސް އިއްޔެ ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށެވެ.

ހަމައެޔާއެކު ސިވިލް ސަރވިސް ކޮމިޝަނުންވަނީ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ ކަނޑައަޅައި ފައެވެ.

Ad
rt
ސޯސިއަލް މީޑިއާގައި ދައުރުވަމުންދާ ސިޓީ

ކައުންސިލަރުންގެ މުސާރަ ބޮޑުކުރާ އިރު، ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައެޅި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރާގައި ބޮޑު ފަރަގެއް އެބަހުއްޓެވެ.

މިކަމަކީ އެތައް ބައެއްގެ ކަނބޮޑުވުން ހުރި ކަމެކެވެ. ކައުންސިލަރުންގެ މުސާރަ ބޮޑުކުރަނީ ޤާބިލް މީހުން ކައުންސިލްތަކަށް ކުރިމަތިލުމަަށް މަގުފަހިކުރުމަށެވެ. ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަޤާމް އުފެއްދީ ކައުންސިލްތަށް ހިންގުމުގައި އިސްދައުރެއް އަދާކުރުމަށެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މަޤާމުގެ ޒިންމާތަކާއި މަސްޢޫލިއްތުތައް ބަޔާންކޮށް ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާޙު ތިރީގައި ހިމަނާލާނަމެވެ.

ކައުންސިލްތައް އިދާރީ ގޮތުން ހިންގުމުގައި އެ ކައުންސިލަކަށް ހަމަޖެއްސޭ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ބޮޑެވެ. ކައުންސިލެއް ކުރާ މަސައްކަތްތައް ކާމިޔާބު ހާސިލް ކުރުމަށް ޤާބިލް ސެކްރެޓަރީ ޖެނެރަލެއް ކޮންމެ ކައުންސިލަކަށްވެސް ވަރަށް މުހިންމެވެ. ނަމަވެސް ސެކްރެޓަރީ ޖެނެރަލުންގެ މުސާރާގައި ވާ ފަރަގުގެ ސަބަބުން ޤާބިލު މީހުން ރަށް ފުށުގެ ކައުންސިލްތަކަށް ހޯދުމުގައި ދަތިތައް ކުރިމަތިވާނެއެވެ.

ސިވިލް ސަރވިސް ކޮމިޝަން އިން ކަނޑައެޅާފައިވާ ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރައަކީ 9300 ރުފިޔާއެވެ. އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރައަކީ 12130 ރުފިޔާއެވެ. ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރައަކީ 20500 ރުފިޔާއެވެ. ސިޓީކައުންސިލްގެ އިނާޔަތާއި އެކު ޖުމްލަ 35500 ރުފިޔާއެވެ. މިއީ އާންމުގޮތެއްގައި ސެކްރެޓަރީ ޖެނެރަލެއްގެ މުސާރައެވެ. މާލޭގެ އޮފީސްތަކުގައި މިމަޤާމުގައި ތިބި މީހުންނަށްވެސް އާންމުގޮތެއްގައި 35000 އިނާޔަތާއިއެކު ދެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރާ ކަނޑައެޅިއިރު ބަލާފައިވާ ހަމަތައްކަމަށް ޤަބޫލު ކުރެވޭ ހަމައަށް ބަލާއިރު ދެކޮޅު ނުޖެހުން އެބަ ހުއްޓެވެ. ސަބަބަކީ ރަށަކީ ކުޑަ އާބާދީއެއް ކަމަށްބަލައި، ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރަ ކުޑަކޮށް ކަނޑައަޅާފައިވާއިރު، އަސާސީ މުސާރަ އެންމެ ބޮޑީ ސިޓީ ކައުންސިލް ތަކުގައެވެ. ނަމަވެސް ސިޓީއަކަށްވުރެ އަތޮޅެއްގެ އާބާދީ ބޮޑުވާނެއެވެ.

މިސާލެއްގެ ގޮތުން ހދ އަތޮޅަށް ބަލާއިރު ހދ ކުޅުދުއްފުށި ސިޓީގެ މޭޔަރު ހދ އަތޮޅު ކައުންސިލް ގައި ހިމެނޭނެއެވެ. އަތޮޅެއްގެ އާބާދީ ބޮޑު ނަމަވެސް، ސިޓީއެއްގެ ސެކްރެޓަރީ ޖެނެރަލުންގެ އަސާސީ މުސާރަ ބޮޑުވުމުން އެކަމުގައި ގެންގުޅެފައިވާ ހަމައާއި މެދު ސުވާލު އުފެދެއެވެ.

މިފަދަ ހަމަ އެޅުމުގައި އާބާދީއަށް ބަލާނަމަ ނުކުމެދާނެ އިތުރު މައްސަލައެއްވެސް ފާހަގަ ކޮށްލާނަމެވެ. ރާއްޖޭގެ ރަށްރަށުގެ މުދައްރިސުންނާއި، ޑޮކްޓަރުން ފަދަ ޕްރޮފެސަނަލް މަޤާމްތަކުގައި ތިބި މީހުންގެ އަސާސީ މުސާރަ އާބާދީއަށް ބަލައިގެން ކަނޑައެޅުމުގެ އުސޫލު ގެންގުޅެން ޖެހިއްޖެނަމަ ދެންވާނީ ކިހިނެތްތޯއެވެ؟

މާލޭގެ އޮފީސް ތަކުގައި އޮފީސް ކުޑަޔަސް އަދި ބޮޑަސް ސެކެޓްރީ ޖެނެރަލުންގެ މުސާރައިގައި ތަފާތެއް ނުވެއެއެވެ.

އެ ހަމައަށް ބަލާނަމަ ކޮންމެ ދިވެއްސަކުމެ އެޔަށް ބޯ ލަނބަންޖެހޭ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ އަސާސީ ހައްޤުތަކާއި މިނިވަންކަން "ތަފާތު ނުކުރުން" 17:2 ގެ (ހ) އިން ކަށަވަރުކޮށްދޭ ކަންކަމުން ވަނީ ބޭރުވެފަކަމަށް ބެލިދާނެ ޖާގަ އެބައޮތެވެ.

ޤާނޫނު އަސާސީގެ ދެވަނަ ބާބު އަސާސީ ހައްޤުތަކާއި މިނިވަންކަން، ތަފާތު ނުކުރުން

" (ހ) މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެއެވެ."

ހަމަ ހަމަ ކަމާއި، އިންސާފަށް ވަކާލާތު ކުރާ މިޤައުމުގައި އާބާދީން ތަފާތު ކުރުން ބޭއްވުމަކީ އެންމެ ރަނގަޅު ކަމެއްތޯއެވެ؟ ކައުންސިލްތަކަށް ޤާބިލް ހިންގުންތެރި ތަޢުލީމީ މީހުންނަށް ފުރުޞަތުހޯދަން މަސައްކަތް ކުރާއިރު ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އިސްކުރެވޭ މަޤާމަކަށް މުސާރައިގެ ފަރަގު ހުރުމަކީ ގޮންޖެހުމެކެވެ.

އިންތިޚާބީ މަޤާމް ތަކަށް މުސާރަ ބޮޑު ވުމަކުން ނުފުދޭ، މުސާރައިގެ ފަރަޤު ނައްތާލުމަށް އަވަހަށް ގޮތް ތަކެއް ނިންމަން ޖެހޭ، މަލެއަށް ވުރެ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރަށްތަކުގެ މުވައްޒަފުން ގެ އުޖޫރަ ރަނގަޅު ވެއްޖެ ނަމަ ތައުލީމީ ޤާބިލު ފަރާތްތަކުގެ ދިރިއުޅުން އުފަން ރަށަށް ބަދަލު ވުމުގެ ފުރުސަތު ބޮޑު

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ބުނެފައި ވެއެވެ.

ކަައުންސިލަރުންގެ އެންމެ ބޮޑު ޝަކުވާއަކީ އަދި ބަހަނާ އަކީ އިދާރީ ގޮތުން ކައުންސިލްތައް ހަރުދަނާ ނުވުމެވެ. ހަރުދަނާ ކުރުމަށް ޤާނޫނުގައި ލިޔެ ބޮޑެތި ބާރުތަކަކާއި ބަޖެޓެއް ދޭއިރު މިކަމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެކެވެ. މަޤާމުގެ ނަމަކީ އެއްނަމެކެވެ. އަސާސީ މުސާރަ ހަމަ ހަމަ ވެފައި ސިޓީތަކާއި އަތޮޅު އަދި ރަށު ކައުންސިލްތަކަށް އެގްޒެކެޓިވް އެލަވަންސް ތަފާތުކޮށް ބޮޑުކޮށްފައި އޮތްނަމަ މިބަހުސް ކުރާނެ ޖާގައެއް ނުލިބުނީހެވެ.

ރާއްޖޭގައިސިޔާސީ މަޤާމުތަކާއި އަޅާ ބަލާއިރު ވަކި ސަނަދެއް އޮވެގެން ކުރިމަތިލެވޭ މަޤާމުތަކަކުގެ މުސާރައިގެ ތަފާތުކުރުން އިންތިހާއަށް ބޮޑެވެ. ތަފާތަކީ ސިޔާސީ މަޤާމަކަށް ވުމާއި ސިވިލްސަރވިސްގެ މަގާމަކަށަ ވުމެވެ. މިދެމަގާމުގެ މައްސޫލިއްޔަތަކީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމެވެ.