ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ލުބްނާނުގެ ޖަމާއަތެއްކަމަށްވާ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ޝަހީދުވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.
ހަސަން ނަސްރުﷲ ޝަހީދުކޮށްލިކަން ހައްދުފަހަނާއަޅާފައިވާ އިސްރާއީލުން ކުރިން ވަނީ ބުނެފައެވެ.
ހިޒްބުﷲ އިން ވަނީ އެ ޖަމާޢަތުގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދުވެއްޖެކަން ކަށަވަރުކޮށްދީފައެވެ. މިކަން ހިނގީ ހުކުރު ދުވަހުގެ ހަވީރު ބެއިރޫތުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގައި އިސްރާއީލުން ދިން ބޮޑު ވައިގެ ހަމަލާއެއްގައެވެ.
މި ހަމަލާގައި ގިނަ އަދަދެއްގެ އިމާރާތްތަކެއް ވަނީ ފުނޑުފުނޑުވެގެން ގޮސްފައެވެ.
ލުބުނާނުގެ މި ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާއަށް އެހީތެރިވުމަށާއި ލުބުނާނު ދިފާޢުކުރުމަށް އިސްރާއީލާ ދެކޮޅަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!