އަދުލް އިންސާފާއި ބެހޭގޮތުން އެންމެ ހެޔޮބަހެއް އޮތީ ކީރިތި ޤުރުއާނުގައި: ހަރވަރޑް ލޯ ސްކޫލް

4F4C01FD-65B8-47CB-8147-00AE3C563DFA

ދުނިޔޭގެ އެތައްބައެއްގެ ގަދަރު ލިބިގެންވާ ހަރވަރޑް ލޯ ސްކޫލުން ، ދުނިޔޭގެ ތާރީހުގައި މިހާތަނަށް އިންސާފާއި ބެހޭގޮތުން ލިއެވިފައިވާ އެންމެ މޮޅު ލިއުން ކޮޅަކީ ކީރިތި ޤުރުއާންގެ ސޫރަތުއް އައް ނިސާގެ 135 ވަނަ އާޔަތްކަމަށް ސިފަކޮށް، އެ ލިއުން ކޮޅު ފެކަލްޓީ ލައިބްރެރީ އަށް ވަންނަ މައި ދޮރީށީގެ ބޭރުގައި ވަނީ ތަތްކުރެވިފައެވެ.

1817 ވަނަ އަހަރު ޤާއިމް ކޮށްފައިވާ ހާރވަރޑް އަކީ އެމެރިކާގައި މެދުކެނޑުމެއްނެތި ލޯ ކިޔަވައިދެމުން އަންނަ އެންމެ ދުވަސްވީ ސްކޫލްއެވެ. އަދި މި ސްކޫލްގެ ފެކަލްޓީ ލައިބްރެރީއަކީ ދުނިޔޭގެ އެންމެ ބޮޑު އެކަޑެމިކް ލައިބްރެރީ އެވެ. ހަރވަރޑް ލޯ ސްކޫލުން އަދުލް އިންސާފާއި ބެހޭގޮތުން މިހާތަނަށް ފެނިފައިވާ އެންމެ ފުރިހަމަ ބަސްކޮޅަކީ ނިސާ ސޫރަތުގެ 135 ވަނަ އާޔަތް ކަމުގައި ސިފަކޮށްފައިވުންމީ ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.

ނިސާ ސޫރަތުގެ 135 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވައިފައި ވަނީ :

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائم ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ فقير އަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، أولى ކަން ބޮޑެވެ. ތިޔަބައިމީހުން عدل ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبع ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.

ހަރވަރޑް ގެ އޮފިޝަލް ވެބްސައިޓްގައި ބަޔާން ކޮށްފައިވާ ގޮތުން އިންސާފުގެ މިފަދަ އަގުހުރި ލިއުންތަކުން ހެކިދެނީ  އިންސާނިއްޔަތު ޤާނޫނުގެ ޒަރިއްޔާއިން އަދުލް އިންސާފަށް ބޭނުންވާވަރާއި، އަދުލް އިންސާފް ޤާއިމް ކުރުމުގެ މުހިއްމު ކަމެވެ. ހަރވަރޑް ގެ ދޮރުގައި ތަތްކުރެވިފައިވާ މިފަދަ ބަސްތަކުން އިންސާފު ހޯދައިދިނުމުގެ މުހިއްމުކަން ދައްކުވައިދެއެވެ.

ހަރވަރޑް ލޯ ސްކޫލު ފެކަލްޓީގެ ދޮރުމަތީ އެތައް އެތައް ލިއުންތަކެއް ތަތްކުރެވިފައިވާއިރު އެންމެ ފާހަގަ ކޮށްލެވޭ ގޮތަށް ބަހަށްޓާފައިވަނީ އެސް ޓީ އޮގަސްޓައިން ގެ ލިއުންކޮޅަކާ ، މެގެނާ ކާރޓަރ އަދި ކީރިތި ޤުރުއާންގައި މާތް ﷲ ވަހީ ކުރައްވާފައިވާ ސޫރަތުއް އައްނިސާ ގެ 135 ވަނަ އާޔަތެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *