ޗައިނާގެ ޕީޕަލްސް ބޭންކާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އާއި ދެމެދު ލޯކަލް ކަރަންސީ ސެޓްލްމަންޓް ފްރޭމްވޯކް ޤާއިމްކުރުމަށް ފަހުމުނާމާއެއް ސޮއިކޮށްފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އިން ބުނީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެވިޝަނަރީ ލީޑަރޝިޕް ގެ ދަށުން ޤާއިމުކުރެވުނު ފަހުމުނާމާއެއް ކަމަށެވެ.
މިއީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އަމާޒުކޮށްގެން ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށާއި، އަދި މި ފްރޭމްވޯކް ޤާއިމްކުރެވުމުން މާލީ ހަމަޖެހުމާއި ވިޔަފާރި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ.
ދެ ޤައުމުގެ ދެމެދުގައި ކަރަންޓް އެކައުންޓްގެ މުއާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ މި ފަހުމުނާމާގެ ސަބަބުން، ދެ ޤައުމުގެ ދެ މެދުގައި ދެ ޤައުމުގެ ފައިސާއިން މުއާމަލާތްކުރުމަށް ފަސޭހަވެގެން ދާނެކަމަށް އިގްތިސާދާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މީގެ އިތުރުން ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން މުދާ އެތެރެކުރަން ފަސޭހަކަންލިބި، ދެ ޤައުމުގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެކަމަށް ވެސް އިގްތިސޯދާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ތެރެއިން މުހިންމު ފިޔަވަޅައްކަމަށް އިގްތިސޯދީ ވުޒާރާއިން ވަނީ ބުނެފައެވެ.
އިގްތިސޯދީ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި ޗައިނާއާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެވެ އެވެ. އަދި މިވަގުތު، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!