ށ.އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރާވާ އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް މިދިޔަ ޖުލައި މަހު އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހެޅި ތިން ޑަބްލިއުޑީސީ ހޮވައިފިއެވެ.

އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޑަބްލިއު ޑީސީގެ ތެރެއިން ކޮންމެ ޑަބްލިއުޑީސީއަކަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.

Ad
rt

އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް އިވަލުއޭޓް ކޮމެޓީން ނިންމާފައިވާ ތިން ޑަބްލިއުޑީސީއަކީ:

  • މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ
  • މިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ
  • ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ

މި ޕްރޮގްރާމްގެ ދަށުން މާލީ އެހީ ދިނުމުގައި އަތޮޅު ކައުންސިލުން ބަލާފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ލަނޑުދަނޑިތަކާއި ގުޅޭ އަދި މުޖުތަމަޢު ބާރުވެރިކުރުމަށާއި، އިޖުތިމާއީ ތަރައްގީއަށް އަދި އިޖުތީމާޢީ ރޫހް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ.