ސްކޫލް ކައިރީ ޕާކް ކުރުމުގައި ތަރުތީބުމަގެއް ހޯދައި، ހދ. ނޮޅިވަރަންފަރު ސްކޫލުން، އެ ސްކޫލް ކައިރީ އެއްގަމު އުޅަނދު ޕާކް ކުރުމުގައި ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިފިއެވެ.
ރާއްޖޭގެ ސްކޫލްތައް އިންވެގެންވާ ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކްކޮށްފައި ހުންނަ ގޮތުން ދަރިވަރުންނާއި، ބެލެނިވެރިންނާއި ސްކޫލަށް އެތައް ދައްޗެއް ކުރިމަތި ވެއެވެ.
މާލޭގެ ސްކޫލްތަކާއި ޚިލާފަށް ރަށް ފުށުގެ ގިނަ ސްކޫލްތަކަކީ ވަށައިގެން ޖާގަ އޮންނަ، ނުވަތަ އެ ސްކޫލެއް ހުންނަ ސަރަހައްދުގައި ޤަވާޢިދުން ޕާކްކުރާނަމަ ދަރިވަރުންނާއި، ބެލެނިވެރިންނަށް ދިމާވާ ދަތިތައް ހައްލު ލިބޭފަދަ ގޮތަކަށް ހުންނަ ސްކޫލް ތަކެވެ.
ކޮންމެ ބެލެނިވެރިއަކުވެސް ފަސޭހަ ބޭނުންވެއެވެ. ވިސްނުމެއްނެތި އެންމެ ގޭޓާއި ކައިރީ ޕާކުކޮށް ލުމުން އަނެކާއަށް ވާނެ އުނދަގޫ ނުވިސްނާ ބެލެނިވެރިން އުޅެއެވެ. ކުދިންނަށް ނަމޫނާ ނުދެއްކުމުގެ ސަބަބުން ކުދިންވެސް ހިތައް އެރި ގޮތަކަށް ޕާކު ކުރެއެވެ.
ސްކޫލް ކައިރީ ޕާކް ކުރުމުގައި ތަރުތީބުމަގެއް ހޯދައި، ހދ. ނޮޅިވަރަންފަރު ސްކޫލުން ސްކޫލް ކައިރީ އެއްގަމު އުޅަނދު ޕާކް ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލުލިބުމާ ގުޅިގެން ނޮޅިވަރަންފަރު ސްކޫލުން ބުނެފައިވަނީ އާ އަހަރަށް ކިޔެވުން ފެށުނުއިރު ސްކޫލަށް އަންނަ މަގުތަކުގެ ޕާކިންގ ރަނގަޅު ނިޒާމަކަށް ތަރިތީބުކޮށްދެވުމަކީ ލިބުނު ވަރަށްބޮޑު ލުއި ފަސޭހައެއް ކަމަށެވެ.
އެކަން އިންތިޒާމްކޮށް ބަލަހައްޓައި ދެއްވާތީ ނޮޅިވަރަންފަރު ކައުންސިލަށާއި، ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނަށް ޝުކުރު އަދާކުރާކަމަށް ނޮޅިވަރަންފަރު ސްކޫލުން ސްކޫލުން ބުނެފައިވެއެވެ. އަދި އެކަމުގައި އެ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން ދެއްވާ އެއްބާރުލުން ފާހަގަކުރާ ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!