އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އިސްނެގުމުގެ ދަށުން، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ވީކްއެންޑް ވިތު އެމްއެންޑީއެފް - ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ބާއްވައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ޅ. މާފިލާފުށީގައި މި މަހުގެ 22 އިން 24 އަށެވެ. މި ޕްރޮގްރާމުގައި ހޮސްޕިޓަލުގެ 28 މުވައްޒަފުން ބައިވެރިވިއެވެ.
މި ޕްރޮގްރާމަކީ ވާދަވެރި މިލިޓަރީ އުސްލޫބެއްގެ ތެރެއިން، ލީޑަރޝިޕް އަދި ޝަޚްޞިއްޔަތު ދެނެގަތުމާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ވަޒަންކޮށް، ޓީމް ސްޕިރިޓާއި ގުޅުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.
ޕްރޮގްރާމުގައި ބައިވެރިންނަށް ކޮމާންޑް ޓާސްކް، ޖިސްމާނީ ތަމްރީނު، އަލިފާން ނިއްވުން، ފެތުން އަދި ހުރަސްތަކުގެ ތަމްރީނުގެ އިތުރުން ލީޑަރޝިޕް ހުނަރާއި ޓީމްވޯކް ރަނގަޅުކުރުމާއި އަދި ރިވެތި އަޚްލާޤުގެ ބައިތައް އުނގަންނައިދެވުނެވެ.
ޕްރޮގްރާމުގެ އޮބްޒާވަރެއްގެ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލާ ނާޡިމާ ޢަލީ ވަނީ ޕްރޮގްރާމް ކުރިއަށްދިޔަ ގޮތް ވަޒަންކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!