ސްޕޯޓްސް ފިޝިންއަށް ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްގީކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ދިިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަރނޭޝަނަލް ފިޝިން ކޮމިއުނިޓީއަށް ވެސް އަމާޒުކޮށްގެން ސްޕޯޓްސް ފިޝިންއަށް ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުވެގެން ދާނެ ކަމަށް ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ. އަދި ދައުލަތަށް އާމްދަނީ ވަންނާނެ ގޮތްތައް އިތުރުވެގެންދާނެކަން ވެސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން އިތުރު ވަޒީފާތަކާއި ވިޔަފާރި ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރަށްވާކަމަށާއި، އަދި މި މަސައްކަތަކީ މަސްވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ވެސް ވަޒީރު ޝިޔާމް ވަނީ ފާހަގަކުރަށްވާފައެވެ.