ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފިއެވެ.
ފުލުހުން ބުނީ، ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އެރަށުގައި އިއްޔެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އެރަށުގެ ބައެއް ގޭތައް ބަލައި ފާސްކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، މި އޮޕަރޭޝަންގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.
މި އޮޕަރޭޝަންއާއިގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރަށްވައެވެ.
ދާދިފަހުން ވަނީ އެ އަތޮޅު ފުނަދޫގައި ސިހުރުހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އެ މައްސަލަ ބަލަންފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!