ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ފިއްލަދޫ ކައުންސިލް ކަޕް 2024" ފުޓްސަލް (ފިރިހެން) އަދި ހޭންޑްބޯޅަ (އަންހެން) މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދެ މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމެވެ.

Ad
rt

މިމުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މުބާރާތުގައި ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 27 ވަނަ ދުވަހުގެ 13:30 ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.

މި ދެ މުބާރާތުގެ ތެރެއިން ކޮންމެ މުބާރާތެއްގެ ޗެމްޕިއަން ޓީމަށް 20000 (ވިހިހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.