ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރަށްވާނެ ކަމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
"ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށެވެ. އަދި އެއީ ޕްރޮފެޝަނަލް ނިންމުންތަކެއް ކަމަށެވެ.
އެ ނިންމުންތައް ނިންމުމުގައި ތަޢުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި ޢާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތަރައްޤީގެ މޮޑެލް މި މުޖުތަމަޢަށް ފެތޭތޯ ބެލުމާއި މުސްތަޤުބަލުގެ ތަސައްވުރާއި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ހަމަ އެހެންމެ މި ސަރުކާރުން ރިސާޗް ކުރިއެރުވުމަށް ދެއްވާ އިސްކަން ފާހަގަ ކުރައްވަމުން، ދިރާސާކުރުމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަޤުބަލެއް ބިނާކުރުމަށް ޤައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް ކުރެވޭ މަސައްކަތްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024" އަކީ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މަހާސިންތާއެކެބެ. މިއީ އެމްއެންޔޫއިން ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވާ 7 ވަނަ ފަހަރެވެ.
"ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް" ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި މަހާސިންތާ ކުރިޔަށްދަނީ މި އޯގަސްޓްމަގުގެ 19އިން 20 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!