ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ، މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 9 ރަށެއްގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ.ބާރަށް، ހއ.ދިއްދޫ، ކުޅުދުއްފުށި ސިޓީ، ޅ.ނައިފަރު، ޅ.ކުރެންދޫ، ގއ.ދެއްވަދޫ، ސ.ހިތަދޫ، ސ.މަރަދޫ އަދި ސ.ފޭދޫއެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހއ އިން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.
މިރޭ ދަންވަރު އެކެއް ޖެހުމާ ހަމަޔަށް ނެރެފައިވާ ސަމާލުގައި ބުނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދެވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
އެންޑީއެމްއޭ އިން ބުނީ ވިއްސާރާގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ކައިރިން ބަލަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!