ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ބިދޭސީ އެއް މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަސް ދީފައިވާ ކަމަށެވެ.

Ad
rt

2 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ އަށެއް ޖަހާކަށްހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީއެއް ހިނގާފައި ވަނީ އެތަން ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުންގެ ދެމެދުގައެވެ.

މި މާރާމާރީ ހިންގާފައިވައި ވަނީ ހަތިޔާރެއް ބޭނުންކޮށްގެން ކަމަށާއި، މި މާރާމާރީގައި އެކަކަށް އަނިޔާވެ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާކަމަށް އެރޭ ފުލުހުން ބުންޏެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ''ތިލަދުން'' އަށް މައުލޫމާތުދީފައި ވަނީ އެ މަރުކަޒަށް ގެނައި ބިދޭސީ މަސައްކަތުގެ މީހާގެ ކަންފަތް ކައިރި ހަލާކުވެފައިވާކަމަށާއި، ބޮޑު އަނިޔާއެއް ނުވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ އަށް ހަމަލާދީފައި ވަނީ މަރުތޭލަކުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ ދެ މުވައްޒަފުންނެވެ.

މި މަޝްރޫޢުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މިފަދަ ހަމަނުޖެހުން ކުރިން ވެސް ހިނގާފަވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގައި ހާހެއްހާ އިންޑިއާ ބިދޭސީ މަސައްކަތު މީހުން އުޅެއެވެ.