ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮފައިވާ ކަމަށާއި، އެއީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

Ad
rt

އެމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށް ވެސް ފުލުހުން ބުންޏެވެ.

ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް: ސައިކަލާއި ކާރު ޖެހި އެކަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ގައި ހުރި ވިނަރެސް ފްލެޓްތަކާ ދެމެދު އޮންނަ މައި މަގުގައެވެ.

މި އެކްސިޑެންޓަ ހިނގާފައިވަނީ، ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ.