ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯއާއި އެކްޓިވިޓީ ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ.

ލޯގޯއާއި އެކްޓިވިޓީ ޔުނޯފޯމް އިފްތިތާހް ކުރުމަށް އިއްޔެބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ ނާޒިމާ އަލީއެވެ.

Ad
rt

ލޯގޯގައި ހިމެނޭ މައިގަނޑު ތިންބަޔަށް ބަލައިލާއިރު، ލޯގޯ އެންމެ މަތީބައިގައިވާ ފެހި ކުލައަކީ އެ ސިއްހީ މަރުކަޒުގެ ރަސްމީ ކުލައެވެ.

ލޯގޯގަ މީހަކާއިއެކު ވާ އަތްތިލައިން ރަމްޒުކޮށްދެނީ ސިއްހީ ޚިދުމަތަކީ އަޅާލުމާއި އޯގާތެރިކަމާއިއެކު ފޯރުކޮށްދެވޭ ހިދުމަތެއްކަމެވެ. އަދި ލޯގޯގެ ތިރީގައިވާ ދެ ފަތުން ރަމްޒުކޮށްދެނީ ސިއްހީ ނިޒާމަކީ ދުވަހުން ދުވަހަށް ކުރިއަރަމުން އަންނަ ނިޒާމެއްކަމެވެ.

ކުމުންދޫ ސިއްހީ މަރުކަޒުން ތަޢާރުފްކުރި އެކްޓިވިޓީ ޔުނީފޯމް ދައްކާލަނީ

މި ލޯގޯ ފަރުމާކޮށްފައި ވަނީ އެ ސިއްހީ މަރުކަޒުގެ ސީނިއާ މެނޭޖްމެންޓްގެ ވިސްނުމަށް އެ މަރުކަޒުގެ މުވައްޒަފުންނެވެ.

ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތަން ހިންގަމުން އަންނަނީ ކޭއާރުއެޗްގެ ބެލުމުގެ ދަށުންނެވެ.