ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކޮށް މެންބަރުކަމަށް އިންތިހާބުވި އިބްރާހީމް އަހްމަދު، ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފިއެވެ.
އިބްރާހީމް އަހްމަދު މަގާމުގެ ހުވާކުރައްވައި އިގުރާރުގައި ސޮއިކުރައްވާފައި ވަނީ މިއަދު ހެނދުނު އެންއޯސީގެ ކޮންފަރެންސް ހޯލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ހުވާލައިދެއްވީ ހދ. ޖުޑިޝަރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެހުންނެވި މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު އިސްމާއިލެވެ.
އަހްމަދު ބައި އިލެކްޝަންގައި ވާދަކޮށްފައި ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެމްބަރެއްގެ ގޮތުގައެވެ. މި އިންތިހާބުގައި އޭނާއާއި ވާދަކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރެކެވެ. މި އިންތިހާބު އަހުމަދު ކާމިޔާބު ކޮށްފައި ވަނީ ބޮޑު ތަފާތުންނެވެ.
އަހްމަދަކީ ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!