އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް ކެއާގެ ނަމުގައި ޕްރޮޖެކްޓެއް ފަށައިފިއެވެ.

މި ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެންވައިރުމެންޓް ކްލައިމެޓް ޗޭންޖް އެންޑް އެނާޖީގެ ވެށި ގްރާންޓްގެ މާލީ އެހީގެ ދަށުން ހޯރަފުށީ ކްލަބް، އެފްސީ ފްރިގޭޓާގފަރާތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

Ad
rt

މި ޕްރޮޖެކްޓްގެ ދަށުން މައިގަނޑު ތިންކަމެއް ކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެ ކަންތައްތަކުގެ ތެރޭގައި އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް އުފެދޭ މިންވަރު ބެލުމަށް ބޭސްލައިން އެސެސްމެންޓެއް ހެދުމާއި، އިހަވަންދިއްޕޮޅުގެ ހޯރަފުށި މޮޅަދޫ އުލިގަންގެ އިތުރުން ތުރާކުނުގެ އާންމުންނަށާއި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް އީ-ވޭސްޓްއަކީ ކޮބައިކަމާއި އީ-ވޭސްޓުން ލިބޭ ސިއްހީ ގެއްލުންތަކާއި އަދި ރައްކާތެރި ގޮތުގައި އީ-ވޭސްޓް ނައްތާލާނެ ގޮތުގެ އެވެއާނެސް ސެސަންތައް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

މީގެ އިތުރުން އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް ރިސައިކަލް ކުރުމަކީ ފީސިބަލް ކަމެއްތޯ ބެލުން ވެސް ޕްރޮޖެކްޓްގެ ދަށުން ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކޮންސިއުލޭޓިންގެ ޓީމެއް މިހާރުވަނީ ހޯރަފުށި މޮޅަދޫ އުލިގަން އަދި ތުރާކުނު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބައްދަލުކޮށް ވަނީ މަޝްވަރާ ކޮށްފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން މިހާރުވަނީ ތުރާކުނު ހޯރަފުށި މޮޅަދޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް އެވެއާނެސް ސެސަންތައް ކުރިއަށް ގެންގޮސްފައެވެ.