ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024" ހޯސްޓްކުރާނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން މި އަހަރު ސެޕްޓެމްބަރ މަހު ބާއްވާ މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ، އަތޮޅުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް ޖަމިއްޔާތަކަށެވެ.
މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހު 11 ވަނަ ދުވަހުގެ ކުރިން، އެކަމަށްޓަކައި ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރަން ޖެހޭއިރު، މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު 11:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ 11:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ބީލަމުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!