ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ކުޅުދުއްފުށީ ސިޓީގައި ތަރައްގީ ކޮށްފައިވާ ޑްރައިވިން ޓްރެކް ބޭނުން ކުރަން ފަށައިފިއެވެ.
މި ޓްރެކް ތަރައްގީކޮށްފައި ވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އުތުރު ފަރާތުގައި އޮންނަ ހުސްބިމުގައެވެ.
މި ޑްރައިވިން ޓްރެކް މިއަދުން ފެށިންގެން، އެއްގަމު އުޅަނދު ދުއްވަން ފަރިތަކުރަން އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ބާއްވާ ޕްރެކްޓިކަލް ޓެސްޓްތައް ޖުލައި 14 ވަނަ ދުވަހުން ފެށިގެން އެތަނުގައި ކުރިއަށް ގެންދަން ވެސް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!