ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބޭނެ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.
ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމަށްޓަކައި ފޯމްތައް އިވެލުއޭޓްކޮށް، ލިސްޓް ތަރުތީބު ކުރުމުގެ މަސައްކަތް ފެށީ އިއްޔެއެވެ. އެމަސައްކަތް ކުރަމުންދަނީ އެކަމަށް އެ ރަށު ކައުންސިލުން އެކުލަވާފައިވާ ޓީމަކުންނެވެ.
ހއ. ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް
ޙަވާލުކުރުމަށް ޓަކައި އޭސީސީ އާއި އޭޖީ އޮފީހުގެ ލަފާއާއިއެކު އަލުން ފޯމްތައް އިވެލުއޭޓްކޮށް، ލިސްޓް ތަރުތީބު ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން އެކުލަވާފައިވާ ޓީމަކުން ދަނީ ކުރަމުން pic.twitter.com/KpKyVfadXf— Min.of National Planning, Housing & Infrastructure (@MoNPHImv) January 8, 2020
މިމަސައްކަތް އަލުން ކުރެވެމުންދަނީ އޭސީސީ އާއި އޭޖީ އޮފީހުގެ ލަފާއާއިއެކުގައި ކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން ހާމަކުރައްވާފައި ވެއެވެ.
ހައުސިންގ މިނިސްޓްރީގެ އޮފިސަލުން އިއްޔެ ވަނީ ހއ.ދިއްދޫ ފްލެޓްތަކާއި ގުޅޭގޮތުން ކައުންސިލާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތައް ދޭނެ ފަރާތެއް ކަނޑައެޅުން ވަނީ ދިގުލައިގެން ގޮސްފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެ ފްލެޓްތައް ލިބޭނެ މީހުން ކަނޑައަޅައި ލިސްޓްވެސް އާންމު ކުރިއެވެ. އެގޮތުން ދިއްދޫ ކައުންސިލުން މިދިޔަ އަހަރުގެ ޖޫން 10 ގައި 110 ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި އެވެ. އެއާ އެކު، ގިނަ ބައެއްގެ ޝަކުވާ ހުށަހެޅި އެވެ. އެހިސާބުން އެ ލިސްޓަށް ފްލެޓް ދިނުން މަޑުޖައްސައިލަން އޭސީސީން އެންގި އެވެ.
ދިއްދޫގައި ސަރުކާރުން ވަނީ 250 ގެ އިމާރާތް ކޮށްދީފަ އެވެ. އޭގެ ތެރެއިން 130 ގެ ވަނީ މިހާތަނަށް މީހުންނާ ހަވާލުކޮށްފަ އެވެ. އަދި 110 ތަން ދޭނެ ފަރާތްތައް ކަނޑައަޅާފައި ވިޔަސް މި ސަރުކާރުން ވަނީ އެ ލިސްޓް ބާތިލްކޮށް، އަލުން މާކްސް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!