ކުޅުދުއްފުށީ ކައުންސިލުން ބާއްވާ 2020 ވަނަ އަހަރުގެ ރަށު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ރަށު ފެންވަރުގައި ބޭއްވޭ ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި ޤުރުއާން މުބާރާތް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 20، 21 އަދި 22 ގައި ހދ. ކުޅުދުއްފުށީގައެވެ.

Ad
rt

އެހެން އަހަރުތަކާ ތަފާތުކޮށް 2020 ވަނަ އަހަރުގެ ރަށު ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކުވެސް ބައިވެރިވާންވާނީ ވަކިވަކިންކަމަަށާއި، އެއްވެސް ސުކޫލެއް އަދި ޤުރުއާން ކުލާހެއް މެދުވެރިކޮށްގެން ނޫން ކަމަށް އެކައުންސިލުން ހާމަކުރައްވައެވެ

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް
އެދޭ ފޯމް ފުރުއްވުމަށްފަހު 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުންވަނީ ހުޅުވާލާފައެވެ.

މި ޤްރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހު 14:00 ށް ކުދުއްފުށީ ކައުންސިލް އިދާރާގެ ކައުންޓަރުން އަދި އެއިދާރާގެ ވެބް ސައިޓުން
ލިބެން ހުންނާނެކަމަށް އެކައުންސިލުން ހާމަކުރައްވައެވެ.