އީރާނުން ހަމަލާތައް ފަށައިފި

Explains Iran US

އިރާނުން އެމެރިކާއާއި ދެކޮޅަށް ހަމަލާ ދޭން ފަށައިފިއެވެ.

އީރާނުގެ ދައުލަތުގެ ޓީވީ އިން ބުނެފައިވަނީ އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަަަޒަކަށް މިހާރު އީރާނުން ހަމަލާތައް ދެމުންދާ ކަމަށެވެ.

ހަމަލާތައް ދެމުން ދަނީ އީރާންގެ ރެވެލިއުޝަނަރީ ގާޑުން ކަމަށް މައުލޫމާތު ލިބެއެވެ.

އެ ގައުމުން އެންމެ ފުރަތަމަ ހަމަލާދީފައި ވަނީ، އިރާގުގައި ހުރި އައިން-އަލް އަސަދު އަސްކަރީ މަރުކަޒަށްކަމަށް މައުލޫމާތު ލިބެއެވެ.

އޭބީސީ ނިއުސް އިން ބުނީ، އެމެރިކާގެ ތަންތަނަށް އީރާނުން ބަލިސްޓިކް މިސައިލުން ހަމަލާތައް ދިން ކަން ކަށަވަރުކޮށްދީފައި ވާ ކަމަށެެވެ.

ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ވައިޓް ހައުސް އިން ބައިނަލްއަގްވާމީ މިޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް އާއި ހަމަލާތަކުގެ މައުލޫމާތު ހިއްސާ ކޮށްފައި އެވެ.

އިރާގުގައި އެމެރިކާ ސިފައިން ހަމަލާދީ އީރާނުގެ ގުދުސް ފޯރސްގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުން އެމެރިކާގެ ކިބައިން ވަރުގަދައަށް ބަދަލުހިފުމަށް އީރާނުގެ މަސްއޫލުވެރިންނަށް އާންމުން ގެންދިޔައީ ގޮވާލަމުންނެވެ.

އީރާނުގެ ވެރިން ވަނީ، ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު، ވަރުގަދައަށް ހިފާނޭ ކަމަށް ބުނެފައެވެ.

އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ބަދަލުހިފުމުގެ ގޮތުން އީރާނުން އެމެރިކާ ރައްޔިތަކަށް ނުވަތަ އެމެރިކާގެ މަސްލަހަތަކަށް ހަމަލާދީފިނަމަ އީރާނުގެ 52 ތަނަކަށް ވަރުގަދަ ހަމަލާތަކެއް ދެއްވާނޭ ކަމަށް ބުނެފައެވެ. އެ ހަމަލާތައް ވެގެންދާނީ އީރާނު މިހާތަނަށް ތަޖުރިބާނުކުރާ ވަރުގެ ހަމަލާތަކަކަށް ވާނޭ ކަމަށްވެސް ޓްރަމްޕް އިންޒާރު ކުރައްވާފައި ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *