14 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، އުމުރުން 14 އަހަރުގެ، ޚަދީޖާ ޔަލްވީ، މ. އެނބޫމާގެއާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

އެހެންވެ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

''ޚަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.'' ފުލުހުން ބުނެފަވެއެވެ.

ޚަދީޖާ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 9790163 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިދިޔަ މޭ މަހުގެ ވެސް 14 އަހަރުގެ ކުއްޖަކު އާއިލާއަށް ޚަބަރުނުވެ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމުން އެ ކުއްޖާ ހޯދުމުގައި ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެ ކުއްޖާ ޚަބަރެއްނުވެ ގެއްލުނީ މެއި 21 ވަނަ ދުވަހުން ފެށިގެންނެވެ. މެއި 25 ވަނަ ދުވަހު އެ ކުއްޖާ ގެއްލިގެން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައި ވަނިކޮށް، މެއި 26 ވަނަ ދުވަހު އެކުއްޖާ ވަނީ ހެޔޮ ހާލުގައި ފެނިފައެވެ.