ހއ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް އެރަށަށް ނިސްބަތްވެވަޑައިގަންނަވާ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބިންގާ އަޅުއްވާދެއްވައިފިއެވެ.
ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފަށްޓަވަފައިވާއިރު މިރަސްމިއްޔާތުގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިއުނިއުޓީ ފަންޑުގެ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ހއ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ހޯރަފުށި ޔޫތް ޑިވަލޮޕްމަންޓް ސޮސައިޓީ އަށް ލިބިފައިވާ ޕާކެކެވެ.
މިނިސްޓަރ ނަހުލާ ހޯރަފުއްޓަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި އެކަމަނާ ވަނީ ރަށުގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ފައްޓަވާ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!