އެޕަލް އިން އައިފޯނަށް ޗެޓްޖީޕީޓީ ގެނެސް، "އެޕަލް އިންޓެލިޖެންސް" އޭއައި ދައްކާލައިފި

Apple

އެޕަލް އިން އައިފޯނަށް ޗެޓްޖީޕީޓީ ގެނެސް، "އެޕަލް އިންޓެލިޖެންސް" އޭއައި، ރޭ ބޭއްވި އެކުންފުނީގެ އަހަރީ ޑިވެލޮޕަރު ކޮންފަރެންސްގައި ދައްކާލައިފިއެވެ.

އެޕަލް އިން އާޓިފިޝަލް އިންޓެލިޖެންސަށް ބޮޑު ކުރިއެރުމެއް ދީފައި ވަނީ ވައިރަލް ވެފައިވާ ޗެޓްޖީޕީޓީ ޗެޓްބޮޓް އައިފޯންގެ އޮޕަރޭޓިން ސިސްޓަމަށް އިންޓަގްރޭޓް ކުރުމަށް އޯޕަންއޭއައިއާ އެކު ޕާޓްނާޝިޕެއް ހަދަން ނިންމައިގެންނެވެ.

މީގެ އިތުރުން އެޕަލްގެ މައި އެޕްލިކޭޝަންތަކާއި ހިދުމަތްތަކަށް އިންފެކްޓް ކުރާނެ ޖެނެރޭޓިވް އޭއައި ކެޕޭސިޓީގެ އާ ކޮމްޕްރެހެންސިވް ސުއިޓް "އެޕަލް އިންޓެލިޖެންސް" ވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ.

ޗެޓްޖީޕީޓީ އައިއޯއެސްއަށް އައުމާއެކު އައިފޯން ބޭނުންކުރާ ފަރާތްތަކަށް ސިރީ ވޮއިސް ކޮމާންޑްނުވަތަ ކީބޯޑް އިންޓަފޭސް މެދުވެރިކޮށް ލިޔުމާއި އެނަލިސިސް ކުރުމާއި ކޯޑިން އަދި ސުވާލުތަކަށް ޖަވާބު ދިނުން ފަދަ ތަފާތު މަސައްކަތްތަކަށް އޭއައި އެސިސްޓެންޓް ހާޒިރުކުރެވޭނެ އެވެ.

އެޕަލް އިން ބުނީ ޗެޓްޖީޕީޓީ ތަންފީޒު ކުރަން ފެށުމުން ކްލައުޑަށް ޑޭޓާ ނުފޮނުވައި މުޅިން އޮން ޑިވައިސް ހިންގައި ޕްރައިވެސީ އާއި ސެކިއުރިޓީއަށް އިސްކަން ދޭނެ ކަމަށެވެ.

ޗެޓްޖީޕީޓީގެ އިތުރުން މެޝިން ލާނިންގެ އެހީގައި ބޭނުންކުރާ "އެޕަލް އިންޓެލިޖެންސް" ފީޗާތަކުގެ ސަބަބުން އާ ޓެކްސްޓް އަދި އިމޭޖް ޖެނެރޭޝަން ޓޫލްސް، ސްމާޓް އިންފޮމޭޝަން ރިޓްރިވަލް އަދި އޮގްމެންޓެޑް ރިއަލިޓީ އެކްސްޕީރިއެންސް ތައް އިތުރުކުރެވޭނެ އެވެ.

އަދި ޖެނެރޭޓިވް އޭއައި މޮޑެލްތަކުގެ ބޭނުން ހިފައިގެން ރިވެމްޕްކޮށްފައިވާ ސިރީއަކުން ވެސް މިއަށްވުރެ އެޑްވާންސް ނެޗުރަލް ލެންގުއޭޖް ޕްރޮސެސިންއެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

އޭއައި އިއުލާނުތަކަކީ އޯޕަންއޭއައި، ގޫގުލް އަދި މައިކްރޮސޮފްޓް ފަދަ އޭއައި ލީޑަރުންގެ ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި އެޕަލްގެ ނުފޫޒުގަދަ ޕްލެޓްފޯމް ދެމެހެއްޓުމަށް އެޕަލް އިން ގެނައި ބޮޑު ކުރިއެރުމެކެވެ.

އެޕަލް އިން އެ ކުންފުނީގެ އެޕްރޯޗް ފްރޭމްކޮށްފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިފޯން ބޭނުންކުރާ 1 ބިލިއަނަށް ވުރެ ގިނަ މީހުންނަށް މި ޓެކްނޮލޮޖީ އިތުރަށް ފަސޭހަކޮށް، ބޭނުންތެރި ޓެކްނޮލޮޖީއަކަށް ހެދުމުގެ މަގްސަދުގައި، ޕްރައިވެސީއަށް ދޭ ޓްރޭޑްމާކް ފޯކަސްއާ އެކު ޒަމާނީ އޭއައި އެއްކޮށްލުމުގެ ގޮތުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *