މުފްތީ މެންކް ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވާނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ކުޅުދުއްފުށި ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި މާލޭގައި ދަރުސް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭ ސިޓީގައި ދަރުސް ދެއްވާނީ މިމަހުގެ14 ވަނަ ދުވަގައެވެ. އަދި އައްޑޫ ސިޓީގައި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ 15 ވަނަ ދުވުކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Ad
rt

މުފްތީ މެންކް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް، މި މަހުގެ 14 އިން 18 އަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރޭގައެވެ.

މިދަރުސްގައި ބައިވެރިވުމަށް ހދ އަތޮޅުގެ ގިނަ ރަށްރަށުން އަންނަނީ ތައްޔާރުވަމުންނެވެ.

ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތައް ބުނެދީ، ދީނީ މައުލޫމާތު ޒުވާން ޖީލަށް ފޯރުވައިދިނުމަށް ސޯޝަލް މީޑިއާގައިވެސް ވަރަށް ހަރަކާތްތެރި އިލްމުވެރި އެވެ.

މުފްތީ ގެންދަވަނީ އެކިއެކި މައުލޫތަކަށް ކޮންމެ ދުވަހަކު ޓްވީޓް ކުރައްވައި، ހެޔޮ ނަސޭހަތާއި، ދިރިއުޅުމުގެ ރިވެތި އާދަކާދަ ބުނެދެއްވުމަށް ކޮންމެ ދުވަހަކުމެ މެސެޖުތައް ފޯރުކޮށްދެއްވަމުން ނެވެ.

އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.